ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މުވައްޒަފުންގެ ފުރަތަމަ ސްޓާފްނައިޓް ބާއްވާފިއެވެ. މިސްޓާފް ނައިޓް ބާއްވާފައިވަނީ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައެވެ. ސިވިސްސަރވިސް ދުވަހާއި ގުޅުވައިގެން 01 މެއި 2016 ވަނަ ދުވަހުގެރޭ ވިލާކޮލެޖް ނައިފަރު ކެމްޕަސް ހޯލުގައި ބޭއްވި މިސްޓާފްނައިޓް ޝަރަފްވެރިކޮށްދެއްވީ ފާދިއްޕޮޅު އަތޮޅު ކައުންސިލަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރައްވާ މިހާރު ރިޓަޔަރ ކުރައްވާފައިވާ ޅ ނައިފަރު ސިމެންތިގޭ އަލްފާޟިލް ޢަބްދުﷲ ޙަސަންއެވެ.
މިސްޓާފް ނައިޓްގައި މިއިދާރާގެ މުވައްޒަފުންނާއި ކައުންސިލް މެންބަރުންނާއި އަދި ނައިފަރުގައި ހުރި ސަރުކާރުގެ އެކިއިދާރާތަކުގެ އިސްވެރިންވެސް ބައިވެރިވެ ލެއްވިއެވެ.
ފަހުގެ ލިއުންތައް
- އާބާދީ އުނިއިތުރު – މާރިޗު 2018
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – މާރޗު 2018
- ހިންނަވަރު “ޖަސްތުކަފާގެ” ކިޔާގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހުށަހެޅުން
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (11/2018)
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ވޭތުވެދިޔަ 03 އަހަރުގެ މާލީބަޔާން ހުށަހަޅައިފި
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މާލީބަޔާން 2017
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މާލީބަޔާން 2016
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މާލީބަޔާން 2015
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (10/2018)
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (9/2018)