މިދަންނަވާ ކަންތައް 07 ޖޫން 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 29/2017 ވަނަ ޖަލްސާ (ތިންވަނަ ދައުރުގެ 2 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.
- ފާދިއްޕޮޅު އަތޮޅު ކައުންސިލް އިން 2016 ވަނަ އަހަރު މިސްކިތްތަކަށް ދޭން ކަނޑައެޅި -/210000 ( ދެލައްކަ ދިހަހާސް ) ރުފިޔާގެ ތެރެއިން ރަށްރަށަށް ނުދެވި ހުރި ފައިސާ، -/160000 ( އެއްލައްކަ ފަސްދޮޅަސްހާސް ރުފިޔާ ) މުއްދަތު ހަމަވެފައިވުމާއެކު އަނބުރާ އާމްދަނީ އެކައުންޓަށް ޖަމާކުރުމަށް ނިންމުން.
- ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ ސަލާމް ލޯންޗްގައި 30 މާރިޗް 2017 އިން 08 އޭޕްރީލް 2017 އަށް ކޮށްފައިވާ ދަތުރުތަކަށް މުވައްޒަފުންނަށް ލިބެންޖެހޭ ކޮއްތުފައިސާއަށް ވާ -/1160 ( އެއްހާސް އެއްސަތޭކަ ފަސްދޮޅަސް ) ރުފިޔާ ކައުންސިލްގެ އާމްދަނީން ޚަރަދުކުރުމަށް ނިންމުން.
- އަތޮޅުކައުންސިލް އިދާރާގައި އުފައްދާފައިވާ އެޗް.އާރ.އެމް.ޑީ ކޮމިޓީއަށް އަތޮޅުކައުންސިލް އިން ކަނޑައަޅާ މެމްބަރެއްގެ ގޮތުގައި އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޙުސައިން ހަމަޖެއްސުމަށް ނިންމުން.
- އަތޮޅުކައުންސިލް އިދާރާގައި އުފައްދާފައިވާ އަންދާސީ ހިސާބު ބަލާ ކޮމިޓީއަށް އަތޮޅުކައުންސިލް އިން ކަނޑައަޅާ މެމްބަރުންގެ ގޮތުގައި ކުރެންދޫ ދާއިރާގެ މެމްބަރ އަލްފާޟިލް އިބްރާހީމް ސިމާއު އާއި، ހިންނަވަރު ދާއިރާގެ މެމަބރ އަލްފާޟިލް އިބްރާހީމް ޢާޠިފް ހަމަޖެއްސުމަށް ނިންމުން.
ފަހުގެ ލިއުންތައް
- އާބާދީ އުނިއިތުރު – މާރިޗު 2018
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – މާރޗު 2018
- ހިންނަވަރު “ޖަސްތުކަފާގެ” ކިޔާގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހުށަހެޅުން
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (11/2018)
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ވޭތުވެދިޔަ 03 އަހަރުގެ މާލީބަޔާން ހުށަހަޅައިފި
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މާލީބަޔާން 2017
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މާލީބަޔާން 2016
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މާލީބަޔާން 2015
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (10/2018)
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (9/2018)