މިއަހަރުގެ އުމުރުން ދުވަސްމީހުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
މިއަހަރުގެ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ޅ. ނައިފަރުގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ޅ އަތޮޅު ހޮސްޕިޓަލުން އިސްނަގައިގެން ފާދިއްޕޮޅު އަތޮޅު ކައުންސިލާއި ނައިފަރުގައި ހުރި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާއި ކްލަބް ޖަމުއިއްޔާތަށް ބައިވެރިވި މިހަރަކާތް ބާއްވާފައިވަނީ 13 އޮކްޓޫބަރ 2017ވީ ހުކުރު ދުވަހު ހަވީރު ނައިފަރު މަދްރަސަތުލް އިފްތިތާޙުގައެވެ.
އިސްރަށްވެހިންގެ ޢާއިލީ ހަވީރު 2017 ގެ ނަމުގައި ކުރިއަށް ގެންދިޔަ މިޙަރަކާތުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލާއި ޅ.ނައިފަރު ކައުންސިލް ގުޅިގެންވަނީ ސްޓޯލްއެއް ބަހައްޓާފައެވެ. މިސްޓޯލްގައި ކުރީގެ މަސައްކަތްތެރިންގެ މަސައްކަތް ދައްކާލުމާއި އެކި ކުޅިވަރުތައް ކުރިއަށްގެންދިއުމާއި ތަފާތު ހަދިޔާތައް ސްޓޯލަށް ޒިޔާރަކުރި ފަރާތްތަކަށް ފޯރުކޯށްދީފައިވެއެވެ. މީގެއިތުރުން މުސްކުޅި ވުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ތަޖުރިބާކޮށްލުމަށް ޚާއްޞަ އެކްޕީރިއެންސް ޒޯންއެއް ސްޓޯލްގައި ޤާއިމްކޮށްފައިވެއެވެ.
ގިނަ ޢަދަދެއްގެ ޢާންމުން ޒިޔާރަތްކުރި މިހަވީރުގައި އެކި މުއައްސަސާތަކާއި ޖަމުއިއްޔާތަކުން ޖުމްލަ 10 ސްޓޯލެއް ބަހައްޓައި ތަފާތު އެކިހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ފަހުގެ ލިއުންތައް
- 2019 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޖެނުއަރީ 2019
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެމްބަރ 2018
- 2 ރަށު ޕިކަޕު ގަތުމާއި ގުޅޭ
- ވޭސްޓް މެނޭޖްމެންޓް މަހާސިންތާ 2018
- އޭ-ޒޯން ބިން ސާފުކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުން
- އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެދަށުން ވަޒީފާގެ ތަޖްރިބާ ހޯދުމަށް ފުރުޞަތު ހުޅުވައިލުން.
- މޮނިޓަރިންގ ރިޕޯޓް 2016-2017 – ޅ. ނައިފަރު
- މޮނިޓަރިންގ ރިޕޯޓް 2016-2017 – ޅ. އޮޅުވެލިފުށި
- މޮނިޓަރިންގ ރިޕޯޓް 2016-2017 – ޅ. ކުރެންދޫ