ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ މަސައްކަތު ބައްލަވުން ފަށައިފި
ޒިންމާދާރު ރައްޔިތުން ބިނާކުރުން މިނަމުގައި މިނިސްޓްރީ އޮފް ހޯމްއެފެއަރޒް އިން ނައިފަރުގައި ހިންގަވާ މަސައްކަތު ބައްދަލުވުން މިއަދު ޅ. ނައިފަރުގައި ފަށަފިއެވެ. މިމަސައްކަތު ބައްދަލުވުމަކީ ފާދިއްޕޮޅު އަތޮޅު ކައުންސިލާއި ހޯމްމިނިސްޓްރީ ގުޅިގެން ޅ. އަތޮޅުގެ ހުރިހާ ރަށަކުން ކައުންސިލްތަކާއި އެކި މުއައްސަސާތަކާއި އެންޖީއޯތަކުން ބައިވެރިވާ ބައްދަލުވުމެކެވެ.
18 އޮކްޓޫބަރުން 19 އޮކްޓޫބަރުގެ ނިޔަލަށް ކުރިއަށްގެންދާ މިމަސައްކަތު ބައްދަލުވުމުގައި ހޯމްމިނިސްޓްރީގެ އެކި ޑިޕާޓްމެންޓް ތަކުންނާއި، މޯލްޑިވްސް ޕޮލިސްސަރވިސްގެ ފަރާތުންނާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުންނާއި، މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީގެ ފަރާތުންނާއި، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ފަރާތުންނާއި، ނެޝެނަލް ޑްރަގް އޭޖެންސީގެ ފަރާތުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އަދި ޅ އަތޮޅު ކައުންސިލްގެ ފަރާތުން ޕްރެޒެންޓޭޝަން ހުށަހަޅާގޮތަށް ވަނީ ހަމަޖެހިފައެވެ.
ނައިފަރު މަލްޓިޕާޕަސް ބިލްޑިންގައި ކުރިއަށްދާ މިބައްދަލުވުމުގެ މިއަދުގެ ސެޝަންތައް ހަވީރު 5:30 އާއި ހަމައަށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ފަހުގެ ލިއުންތައް
- އާބާދީ އުނިއިތުރު – މާރިޗު 2018
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – މާރޗު 2018
- ހިންނަވަރު “ޖަސްތުކަފާގެ” ކިޔާގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހުށަހެޅުން
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (11/2018)
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ވޭތުވެދިޔަ 03 އަހަރުގެ މާލީބަޔާން ހުށަހަޅައިފި
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މާލީބަޔާން 2017
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މާލީބަޔާން 2016
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މާލީބަޔާން 2015
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (10/2018)
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (9/2018)