ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގެ 2017ވަނަ އަހަރުގެ މާލީ ބަޔާން ތައްޔާރުކުރުމަށް އެހީތެރިވުމުގެ ގޮތުން މާލީ ބަޔާން ތައްޔާރުކުރުމާއި ގުޅޭ ޓްރެއިނިންގ ސެޝަނެއް ފާދިއްޕޮޅު އަތޮޅު ކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ. 20 މާރޗް 2018 ވަނަ ދުވަހު ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށް ގެންދެވުނު މިޓްރެއިނިންގ ސެޝަން ނަންގަވާދެއްވީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އަޙުމަދު ޙުސައިންއެވެ.
މިޓރެއިނިންގ ސެޝަން އަކީ ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އެދިލެއްވުމަކަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިންތިޒާމްކުރި ސެޝަނެކެވެ. މިސެޝަންގެ މައިގަނޑު މަޤްޞަދަކީ އޮޑިޓަރ ޖެނެރަލް އޮފީހުން ކަނޑައަޅާފައިވާ ފޯމެޓާއި މިންގަނޑުތަކާއި އެއްގޮތަށް މާލީބަޔާން ތައްޔާރުކުރާނެގޮތަށް މުވައްޒަފުން އަހުލުވެރިކުރުވުމެވެ. މިސެޝަންގައި ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ ފައިސާއާއި ބެހޭ ސެކްޝަންގެ މުވައްޒަފުންނާއި އިދާރީ ބައެއް މުއައްޒަފުން ބައިވެރިވެ މާލީ ބަޔާން ތައްޔާރުކުރުމާއި ގުޅޭ މަޢުލޫމާތު ހޯދާފައިވެއެވެ.
ފަހުގެ ލިއުންތައް
- 2019 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޖެނުއަރީ 2019
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެމްބަރ 2018
- 2 ރަށު ޕިކަޕު ގަތުމާއި ގުޅޭ
- ވޭސްޓް މެނޭޖްމެންޓް މަހާސިންތާ 2018
- އޭ-ޒޯން ބިން ސާފުކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުން
- އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެދަށުން ވަޒީފާގެ ތަޖްރިބާ ހޯދުމަށް ފުރުޞަތު ހުޅުވައިލުން.
- މޮނިޓަރިންގ ރިޕޯޓް 2016-2017 – ޅ. ނައިފަރު
- މޮނިޓަރިންގ ރިޕޯޓް 2016-2017 – ޅ. އޮޅުވެލިފުށި
- މޮނިޓަރިންގ ރިޕޯޓް 2016-2017 – ޅ. ކުރެންދޫ