ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (20/2018)
މިދަންނަވާ ކަންތައް 05 ސެޕްޓެމްބަރ 2018 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018/21 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 41 ވަނަ ޢާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.
ޅ. ނައިފަރު “ސެންސް” ޖަމްޢިއްޔާ އިން އެހީއަށް އެދި ހުށައަޅާފައިވަނީ ބޮޑުޢީދުގެ އިވެންޓް ނިމުނުފަހުން ކަމުގައި ވާތީއާއި، ޕްރޮގުރާމް ނިމުމުން އެހީދިނުމުގެ އުސޫލްއެއް މިކައުންސިލުން މީގެކުރިން ގެންގުޅެފައި ނުވާތިއާއި، އިވެންޓް ނިމޭފަހުން އެހީ ދިނުމަކީ، އެހީދިނުމުގެ އުސޫލް ބޮއްސުންލައިގެން ހިނގައިދާނެ ފަދަ ކަމެއްކަމަށް ފެންނާތީވެ، އެދި ލައްވާފައިވާ އެހީ ދެވެންނެތް ކަމަށް ނިންމުން.
ޅ. އަތޮޅު ފަންޑު އަދި ސުނާމީ ރިކަވަރީ ފަންޑުގެ އިދާރީ ބައެއް މަސައްކަތްތައް އަތޮޅުގެ ރަށުކައުންސިލްތަކުން ކުރަމުން ގެންދާތީ، ޤަވާޢިދުން ރިޕޯޓްފޮނުވާ ކައުންސިލްތަކަށް ކަމިޝަނެއްގެ ގޮތުގައި، 1 އޮކްޓޫބަރ 2018 އިން ފެށިގެން ކޮންމެމަހަކު އެކައުންސިލް އިދާރާއަކުން ބަލައިގަންނަ ފައިސާގެ %3 ޖެހިގެން އަންނަމަހުގެ 20 ވަނަ ދުވަހުގެ ކުރިން ޚިދުމަތުގެ އަގެއްގެ ގޮތުގައި، އެކައުންސިލް އިދާރާގެ އާމްދަނީ އެކައުންޓަށް ޖަމާކުރުމަށާއި، ނަމަވެސް ޚިދުމަތުގެ އަގު ދޭނީ ފާއިތުވި މަހުގެ ފަންޑް ތަކުގެ ރިޕޯޓްތައް، ޖެހިގެން އަންނަ މަހުގެ 10 ގެ ކުރިން ފޮނުވައި ކައުންސިލް ތަކަށްކަމަށް ނިންމުން.
ފާދިއްޕޮޅަށް ހުޅުވާލައިގެން ބާއްވާ “ފާދިއްޕޮޅު ވޮލީލީގު 2018 ގެ ޤަވާޢިދު” ފާސްކުރުން.
ފާދިއްޕޮޅު އަތޮޅުގޭގައި ކުރިން ބޭނުންކުރި ޑައިނިންގ ޓޭބަލް ސެޓެއް ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާއަށް ދޭން ނިންމުން.
ފަހުގެ ލިއުންތައް
- 2019 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޖެނުއަރީ 2019
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެމްބަރ 2018
- 2 ރަށު ޕިކަޕު ގަތުމާއި ގުޅޭ
- ވޭސްޓް މެނޭޖްމެންޓް މަހާސިންތާ 2018
- އޭ-ޒޯން ބިން ސާފުކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުން
- އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެދަށުން ވަޒީފާގެ ތަޖްރިބާ ހޯދުމަށް ފުރުޞަތު ހުޅުވައިލުން.
- މޮނިޓަރިންގ ރިޕޯޓް 2016-2017 – ޅ. ނައިފަރު
- މޮނިޓަރިންގ ރިޕޯޓް 2016-2017 – ޅ. އޮޅުވެލިފުށި
- މޮނިޓަރިންގ ރިޕޯޓް 2016-2017 – ޅ. ކުރެންދޫ