މިދަންނަވާ ކަންތައްތައް، 20 މެއި 2020 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2020/10 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 107 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.
1- ކޮވިޑް 19 ބަލިމަޑުކަމާއި ގުޅިގެން ވިނަވި ސްކީމްއަށް ފައިސާ ދޫކޮށްފައިވާ ފަރާތްތަކުން ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު މެއި މަހުން ފެށިގެން 06 މަސްދުވަހަށް ފަސްކޮށްދިނުމަށާއި، ފަސްކޮށްދެވޭ 6 މަސްދުވަހުގެ މުއްދަތުގައި އަނބުރާ ދައްކަންޖެހޭ ފައިސާ، އެޑްމިނިސްޓްރޭޓިވް ޗާޖަސް އަދި ޖޫރިމަނާ ފައިސާ ދެއްކުމަށް އިތުރު 6 މަސްދުވަސް ޕޭމަންޓް ޝެޑިއުލްއަށް އިތުރުކުރުމަށާއި އަދި ވިނަރެސް ސްކީމުން ދޫކޮށްފައިވާ ފައިސާ އަނބުރާ ދެއްކުން މިހާރެކޭ އެއްގޮތަށް ކުރިޔަށް ގެންދިއުމަށާއި، ކޮވިޑް 19 ބަލިމަޑުކަމާއި ގުޅިގެން ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެބަދަލަކާ ގުޅިގެން ވިނަރެސް ސްކީމްގެ މައްސަލަ އަލުން ހުށަހަޅަން ފެންނަކަމަށް ނިންމުން.
2- ވިނަވި ސްކީމަށް ފައިސާ ދެއްކުމަށް ލުއި އިންތިޒާމްތަކެއް ހަމަޖައްސައި ދިނުންއެދި ބައެއް ފަރާތްތަކުން ކައުންސިލަށް ހުށަހަޅާފައިވާ ސިޓީތަކަށް ވިނަވި ސްކީމާއި ގުޅުގެން ކައުންސިލުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ޖަވާބު ދިނުމަށް ނިންމުން.
3- ކޯވިޑް 19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް މިވަގުތު ދިމާވެފައިވާ ހީނަރުކަމުގެ އަސަރު ނައިފަރު ކޯޕަރޭޓިވް ސޮސައިޓީއަށްވެސް ދިމާވާނެކަމަށް ޤަބޫލުކުރެވޭތީ އެފަރާތުން ކުލިދެއްކުމުގައ ލުއި ގޮތެއް ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުމާއި ގުޅިގެން މިހިނގާ 2020 ވަނަ އަހަރުގެ މެއި އަދި ޖޫން މަހުގެ ކުލީގެ 50% (ފަންސާސް އިންސައްތަ) ކުލިން އުނިކޮށްދިނުމަށް ނިންމުން.