1. ރައްޔިތުންގެ ބައިވެރިވުމާއިއެކު ރަށްރަށުގެ ތަރައްގީގެ ޕްލޭންތަކަށާއި މުޅި އިދާރީ ދާއިރާގެ ތަރައްގީ ގެ މަޝްރޫޢުތައެް ރޭވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ކަމާބެހޭ ފަރާތްތަކަށް ދިނުން
  2. ރަށުކައުންސިލްތަކުން ހިންގާ ހަރަކާތްތައް ވިލަރެސް ކުރުމާއި އެކައުންސިލް ތައް ހިނގާނުހިނގާގޮތް ބެލުން.
  3. މިގާނޫނުގެ ދަށުން ކައުންސިލްއަށް ލިބިދިފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކައުންސިލެއްގެ އިޙްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމާއި، ބަޖެޓް ތައްޔާރުކުރުމާއި ތަރައްގީގެ މަޝްރޫއުތައް ރަށުކައުނސިލްތަކުން ތަންފީޒުކުރުމުގެ ކަންތައްތައް ހިނގާނުހިނގާ ގޮތްބަލައި އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި އެސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އެއާ ގުޅޭ ގަވާއިދު ހެދުން.
  4. އިދާރީ ދާއިރާގައި ދިރިއުލޭ ރައްޔިތުންގެ ނަމުގައި މިގާނޫނުގެ ދަށުން ނިންމަންޖެހޭ ކަންކަން ނިންމުން.
  5. އިދާރި ދާއިރާގެ ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތަށް ބެލެހެއްޓުން
  6. ދިވެހިރާއްޖޭގެ ބިމާއި ބެހޭ ގާނޫނު އަދި އެނުންވެސް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިއިގްތިޞާދި ނުވަތ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފާރާއި ފަޅު ހޯދުމާއި މިފަދަތަން ތަން އެހެން ފަރާތްްތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި، މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.
  7. އިޤްތިޞާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދު ނުއުފުލޭ މުދާ ހޯދުމާއި މިލްކްކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި މިގާނުނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެން ފަރާތްތަށް ކުއްޔަށް ދިނުމާއި ދޫކުރުން.
  8. ތަރައްގީގެ ހަރަކާތްތަށް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނުނުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނި ތަކުގެ ހިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކި އެކި މާލީ ހައްގުތަކާއި މަސްލަހަތުތަކާއި މިލްކިއްޔާތުތަށް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑް އުފެއްދުން
  9. ތަރައްޤީގެ ހަރަކާތްތަށް ހިންގުމަށް ބޭނުންވާ ފައިސާހޯދުމަށް މިގާނޫނުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި ، ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކި އެކި މާލީ ސެކިއުރިޓީތަށް އެކަށައަޅައި އެފަދަ ސެކިއުރިޓީތަށް ސްޓޮކްއެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން.
  10. އިދާރި ދާއިރާގެ ފެންވަަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތަށް ފޯރުކޮށްދިނުމަށްޓަކައި އެކިފަރާތްތަކާއި އެކު އެގްރީމެންޓްކޮސް ވިޔަފާރިގެ މުއާމަލާތްތަށް ކުރުން.
  11. ދިވެހިރާއްޖޭގެ ޤާނުނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެއިދާރީ ދާއިރާއެއްގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނދުވެރިކަމާއި އެހެނިހެން ސިނާއަތުތަށް ކުރިއެރުވުމަށް އެހީތެރިވެދީ މަސައްކަތްކުރުން.
  12. އަތޮޅުކައުންސިލުނެ ދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް މިގާނުނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފީކަނަޑައެޅުމާއި ފީނެގުން
  13. މިގާނޫނުގެަިއ ބުނެފައިވާ ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  14. ކައުންސިލްގެ މެމްބަރުން ބަދަލުވާ ހާލަތްތަކުގައާއި ކައުންސިލްގެ ނަންބަދަލުވާ ހާލަތްތަކުގައި ކަުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.
  15. ކައުންސިލަސް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކާމާއިބެހޭ އިދާރާގައި ރަޖިސްޓްރީ ކުރުމަށް ފަހު ބޭނުން ކުރުން
  16. ކައުންސިލް އިދާރާ ހިންގުން
  17. ޤާނޫނު ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން
  18. ރަށުކައުންސިލް ތަކުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުން.