ޅ.އަތޮޅުގައި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް

މިނިސްޓްރީ އޮފް ޕްލޭނިންގ ހިޔުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓްގެ ނަންބަރު: E/95/32 (27-09-1995) އިޢުލާނާއި ގުޅިގެން ފާދިއްޕޮޅު ފުށިފަރު އިރުދެކުނުން 29″.05° އުތުރު 01.73° އިރު 1 އޮކްޓޯބަރ 1995 ން

ހޯމްއެފެއާރޒް ހައުސިންގ އެންޑް އެންވަޔރަންމަންޓްގެ ނަންބަރު: 10-C/99/38 (21-10-1999) ގެ އިޢުލާންއާއި ގުޅިގެން ފާދިއްޕޮޅު ކުރެއްދޫ ކަނޑުއޮޅީގެ އިރުމަތިން 05.35.5 އުތުރު 29′ 73° އިރުން

ޅ.އަތޮޅުގައި މިޔަރު ޙިމާޔަތްކުރެވިފައިވާ ސަރަޙައްދު

މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރގެ ނަންބަރު: FA-A1/29/98 (30-08-1998) ޅ.އަތޮޅު އެތެރެވަރިއާއި އަތޮޅުގެ ބޭރުދުނިން 12 މޭލު ސަރަޙައްދުގައި 10 އަހަރުދުވަހުގެ މުއްދަތަށް އެއްވެސް ބާވަތެއްގެ މިޔަރު މަސްވެރިކަންކުރުން