އަސާސީ ފުދުންތެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން1

ޅ. އަތޮޅަކީ ފުދުންތެރި ރައްޔިތަކު ދިރިއުޅޭ، ފަރުދުންގެ ފުދުންތެރިކަން އިތުރުކުރުމަށާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ކުރުމަށް ފަހި މާޙައުލެއް ޤާއިމްކުރެވިފައިވާ، އެފަދަ ކަންކަމުގެ ނަފާ އަތޮޅުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންދާ އަތޮޅަކަށްވުން


ޞިއްޙަތު ރަނގަޅު، ދުޅަހެޔޮ ދިރިއުޅުމެއްގައި ދިރިއުޅުން1

ޅ. އަތޮޅު ރައްޔިތުންނަކީ ޞިއްހީގޮތުން ހޭލުންތެރި، ބަލިމަޑުކަމާއި ބީރައްޓެހި، ދުޅަހެޔޮ މުޖްތަމަޢުއަކަށްވުން


ފެންވަރު ރަނގަޅު ތަޢުލީމާއި ހުނަރު1

ޅ. އަތޮޅަކީ މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހި، ޢިލްމީ ޤާބިލު ރައްޔިތަކު ދިރިއުޅޭ އަތޮޅަކަށްވުން


ދެ ޖިންސުގެ ހަމަހަމަކަން1

ޅ. އަތޮޅަކީ ދެޖިންސަށް ވެސް ހަމަހަމަ ފަހި ފުރުޞަތުތަކެއް ހުރި، އިޤްތިޞާދީގޮތުނާއި ބާރުވެރި އަންހެނަކު ދިރިއުޅޭ އަތޮޅަކަށްވުން


ރައްކާތެރި ބޯފެނާ، ނަރުދަމާގެ އަސާސީ ފަސޭހަތަކާ، ރަށްވެހި ޚިދުމަތްތައް1

ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާރަށަކީވެސް ފުރިހަމަ ފެނާއި ނަރުދަމާ ނިޒާމެއް ޤާއިމްކުރެވިފައިވާ، ރަށްވެހިކަމުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބެންހުރި އަތޮޅަކަށްވުން


ކަރަންޓާއި ތިމާވެށްޓާ ރައްޓެހި ހަކަތަ1

ޅ. އަތޮޅަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމްތަކާއި ރަޙްމަތްތެރި، އެފަދަ ނިޒާމްތައް މެދުވެރިވެ ހޯދޭ އާމްދަނީއިން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ އަތޮޅަކަށްވުން


ވަޒީފާ އިތުރުކުރުމާއި ރަށުގެ އިޤްތިޞާދު ކުރިއެރުވުން1

ޅ. އަތޮޅަކީ ވަޒީފާގެ ފުރުޞަތުތައް ފަހި، ތަފާތު އިންވެސްޓްތައް ޤާއިމްވެފައިވާ، ލާމަރުކަޒީ ނިޒާމަށް ހޭލުންތެރި، ކައުންސިލްތަކުން ދޭ ޚިދުމަތްތަކަށް އަހުލުވެރި ރައްޔިތަކު ދިރިއުޅޭ އަތޮޅުކަށްވުން


އުމްރާނީ ތަރައްޤީއާއި ސިނާޢަތްތައް1

ޅ. އަތޮޅަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް މަގުފަހިވެފައިވާ، އިޤްތިޞާދީގޮތުން ފުދުންތެރި، ޢުމްރާނީގޮތުން ތަރައްޤީވެފައިވާ، ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ޤާއިމްވެފައިވާ، ފަތުރުވެރިކަމުގެ ސިނާޢަތުގެ މަންފާ އަތޮޅުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންދާ އަތޮޅަކަށްވުން.


އަމަންއަމާންކަމާއި ހަމަހަމަކަން ޤާއިމުކުރުން1

ޅ. އަތޮޅަކީ ދީނީ ގޮތުން ހޭލުންތެރި، ދީނީ ކަންކަމަށް އަހައްމިއްޔަތުކަން ދޭ ރައްޔިތަކު ދިރިއުޅޭ އަތޮޅަކަށް ވުމާއި، އަތޮޅުގެ ޒުވާނުންނަކީ އަޚުލާގު ރަނގަޅު މުޖުތަމަޢު ބަލައިގަންނަ ބަޔަކަށްވުމާއި، އަތޮޅުގައި ޤާއިމްވެފައިވާ މުއައްސަސާތަކަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ، ޤާނޫނާއި ޤަވާޢިދު ހަމަހަމަ ގޮތެއްގައި ރައްޔިތުންގެ މައްޗަށް ތަންފީޒުކުރަމުންދާ އަތޮޅެއް ކަމުގައިވުން


ވަޞީލަތްތައް ދެނެގަތުމާއި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުން1

ޅ. އަތޮޅަކީ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ދެމެދު އެކުވެރި ގުޅުމެއް ޤާއިމްވެފައިވާ، ދެމެހެއްޓެނިވި ތަރައްޤީގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ލިބިދޭ އަތޮޅަކަށްވުން


ކާރިސާތަކުން ރައްކާތެރިވުން1

ޅ. އަތޮޅަކީ ޤުދުރަތީ ކާރިޘާތަކުގެ ވަގުތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަމްރީނު ލިބިފައިވާ މީހުން ތިބި، އެފަދަ ކާރިޘާތަކަށް ހޭލުންތެރި މުޖްތަމަޢެއް ބިނާވެފައިވާ އަތޮޅަކަށްވުން


ގުޅިގެން ނަތީޖާ ޙާޞިލްކުރުން1

ޅ. އަތޮޅުގެ ކައުންސިލްތަކަކީ ހަރުދަނާ ހިންގުމުގެ ނިޒާމެއް ޤާއިމްވެފައިވާ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ޚިދުމަތުގެ އަގު ވަޒަންކުރާ ރައްޔިތަކު ދިރިއުޅޭ އަތޮޅަކަށް ވުން