އަތޮޅުގެ ވަނަވަރު / ކައުންސިލުގެ އިޚްތިޞާޞް ހިނގާ ސަރަހައްދު

ފާދިއްޕޮޅު ނުވަތަ ޅ.އަތޮޅަކީ، ރާއްޖޭގެ އުތުރުން 7 ވަނައަށް އޮންނަ އަތޮޅެވެ. މިއަތޮޅުގެ ނަން ނިސްބަތްވަނީ މިއަތޮޅުގައި އޮންނަ “ފާދޫ” އަށެވެ. މިއަތޮޅުގެ ވެރިކަންކުރާ ރަށަކީ “ނައިފަރު” އެވެ. މިއަތޮޅު އުފެދިފައިވަނީ އުތުރު އަރުޟުން N”35’5 އާއި  N”15’5 އާއި، އިރުމަތީ ޠޫލުން E”20’73 އާއި E”40’74 އާއި ދެމެދުގައެވެ. އަތޮޅުގެ އެންމެ ދިގުގޮތަށް ހުރީ 17.8 ނޯޓިކަލް މޭލެވެ. އެއީ އޮޅުވެލިފުށިން މަޑިވަރަށެވެ. ފުޅާމިނަކަށް ހުރީ 14.2 ނޯޓިކަލް މޭލެވެ. އެއީ ކަނިފުށިން ފެހިގިއްޔަށެވެ. މިއަތޮޅަށް ދެވިފައިވާ އިނގިރޭސި އަކުރަކީ “G” އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ޅ)ގެ ދަށުން ލޯކަލް ގަވަމެންޓް އޮތޯރިޓީން ޅ. އަތޮޅުގެ އިޚްތިޞާޞްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫން އަސާސީގައި ބަޔާންކޮށްފައިވާ އިދާރީ ދާއިރާ ހިންގުމަށް ސަރުކާރުން ޝާއިޢުކޮށްފައިވާ ދިވެހިރާއްޖޭގެ ޗާޓުގައި ޅ. އަތޮޅުގެ ސަރަޙައްދުކަމަށް ކަނޑައަޅައިފައިވާ ސަރަހައްދެވެ.

އަތޮޅުގެ ޤުދްރަތީ ވަޞީލަތްތައް ބޭނުންކުރެވެމުންދާގޮތް

ޢަދަދުތަފްޞީލް
އަތޮޅުގެ ބޮޑުމިން (ގާތްގަނޑަކަށް)12 އަކަ ކިލޯމީޓަރ
ފަރު-
އެތެރެވަރި-
ހިކިފަސްތަން-
ފަޅުރަށްރަށާއެކު އަތޮޅުގައިހުރި ރަށްރަށުގެ ޖުމްލަ54
އަތޮޅުގައި މީހުން އާބާދުވެފައިވާ ރަށްރަށުގެ ޢަދަދުނައިފަރު، ހިންނަވަރު، ކުރެންދޫ، އޮޅުވެލިފުށި
ފަޅުރަށްތަކާ ފިނޮޅުގެ ޢަދަދު35
އޮޕަރޭޓްކުރާ ރިސޯރޓް އައިލެންޑްސްގެ ޢަދަދު10
2018 ނިމުނުއިރު ހަދަމުންދާ ރިސޯރޓްތައްހުދުފުށި ، އިންނަހުރާ، ތިލަމާފުށި، މާބިންހުރާ
އިންޑަސްޓްރިއަލް ބޭނުންތައްކުރާ އައިލެންޑްސްފެލިވަރު، ޅޮހި، މަޑުއްވަރީ، ފާދޫ، މަޑިވަރު
އުވިގޮސްފައިވާ ރަށްތައްމާވާފުށި، ބުޅަލަފުށި، ހަނޑޫލާފުށި
އުފެދުނު ރަށް/ފިނޮޅުހަބަރު ފިނޮޅު / ދިޔަނެރިފަޅު ފިނޮޅު

އަތޮޅުގެ ޤުދްރަތީ ވަޞީލަތްތައް ބޭނުންކުރެވެމުންދާގޮތް

ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުރައްކާތެރިކުރަން ބޭނުންވާ ދިރުން / ވެށި
ހުރަވަޅި އުތުރުން އޮތް ފިނޮޅު، އަދި އިންވެގެން އޮތް ކަނޑު އޮޅިފަރު ފަޅުގިނަ ޢަދަދެއްގެ އެންމަޑި އަދި އަހަރުގެ ވަކި މޫސުމެއްގައި، ފެހުރިހި އަރާ ސަރަޙައްދެއް.
އެނޮނަމީ ތިލައަތޮޅު މެދުގައި އޮންނަ މާގަނޑު ( އެނެނޮމީ ) ހުންނަ ބޮޑު ސަރަޙައްދެއް
ދިއްފުށިމައިދޫ ކުޅިގިނަ ޢަދަދެއްގެ މެންގޫރޫވްސްއާ ބޭންގް އަދި މިނޫންވެސް ގިނަ ދިރުންތަކެއް ހިމެނޭ ތަނެއް.
މާކޯގިނަ ޢަދަދެއްގެ މެންގުރޫވްސް، ބޮޑުކަކުނި އުޅޭ
ފާދޫޙިމާޔަތްކުރެވިފައިވާ ހިޖުރަކުރާ ގިނަ ބާވަތުގެ ދޫނި ޒިޔާރަތްކުރާ ސަރަޙައްދެއް.
ޗަސްބިމަކާއި ކަނޑޫފަލެއް ހިމެނޭ. ޚާއްޞަ މެންގްރޫވް ގަސްތައް ހިމެނޭ.
ދަނޑިފަޅުއަހަރުގެ ގިނަ ދުވަސްތަކުގައި، އެންމަޑި ފެންނަ ސަރަޙައްދެއް.
ކުރެއްދޫ ކޭވްގިނަ ޢަދަދެއްގެ ވެލާ އަބަދުވެސް އުޅޭ ސަރަޙައްދެއް.
މަޑިވަރު ތިލަވަކި މޫސުމެއްގައި ގިނަ ޢަދަދެއްގެ އެންމަޑި އަރާ.
މާގިރި / ބޮޑުގިރިރީފް އޯވަރހޭންގް، ގިނަ ޢަދަދެއްގެ ފަރުމަހާ، މިޔަރު، އަދި ވެލާ ފެނޭ. އާދަޔާ ޚިލާފް މުރަކައިގެ ރީތި ބަގީޗާތަކެއް. ޓޭބަލް ކޮރަލްސް ގިނަތަކެއް.
ދަށުގިރި ފިނޮޅުހުރިހައި މޫސުމެއްގައިވެސް، އެކިވައްތަރުގެ ދޫނި އެއްވެއުޅޭ ފިނޮޅެއް. އަތޮޅުގައިވާ އެންމެ ގިނައިން ދޫނި އަރާ ފޮނޮޅު.

މީހުން ދިރިއުޅޭ ރަށްތަކުގެ ވަނަވަރު
– މި މަޢުލޫމާތުތައް އެކުލަވައިލެވިފައިވަނީ، ރަށުކައުންސިލްތަކުގެ އިދާރާއިން ދެއްވި މަޢޫލޫމާތުގެ މައްޗަށް ރިޢާޔަތްކޮށެވެ.
– ސުވާލުމާރކް ؟ ޖެހިފައިވަނީ ރަށުކައުންސިލްތަކުން، ނުލިބޭ މަޢުލޫމާތު ތަކުގައެވެ.
– މަޢުލޫމާތު ދެއްވި ތާރީޚްގެ ގޮތުގައި ދެވިފައިވަނީ، އެންމެފަހުން ރަށުކައުންސިލްއިން މަޢުލޫމާތު ދެއްވި ތާރީޚްއެވެ.