މިދަންނަވާ ކަންތައްތައް، 13 ޖެނުއަރީ 2019 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2019/3 ވަނަ ޖަލްސާ (3 ވަނަ ދައުރުގެ 55 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

1- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 96 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކައުންސިލަށް ލިބޭ އާމްދަނީއާއި އެކިގޮތްގޮތުން ލިބޭ އެހީއަށް ބަލައިގެން އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުއްވި ފޯމެޓާއެއްގޮތަށް ތައްޔާރުކޮށްފައިވާ، ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ 2019 ވަނަ އަހަރުގެ ބަޖެޓްގެ ރިކަރެންޓް ޚަރަދުގެ ގޮތުގައި 6,884,732/00 (ހަމިލިޔަން އަށްސަތޭކަ އަށްޑިހަ ހަތަރުހާސް ހަތްސަތޭކަ ބައްތިރީސް ރުފިޔާ) ކެޕިޓަލް ޚަރަދުގެ ގޮތުގައި 2,736,100/00 (ދެމިލިޔަން ހަތްލައްކަ ތިރީސް ހަހާސް އެއްސަތޭކަ ރުފިޔާ) ޖުމްލަ 9,620,832/00 (ނުވަމިލިޔަން ހަސަތޭކަ ވިހިހާސް އަށްސަތޭކަ ބައްތިރީސް ރުފިޔާ) ގެ ބަޖެޓް ފާސްކުރުން.