ފާދިއްޕޮޅު ކައުންސިލްތަކުގެ 2018 ވަނަ އަހަރުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފިއެވެ. ލޯކަލް ކައުންސިލް ދުވަހުގެ މުނާސަބަތުގައި ފާދިއްޕޮޅު ކައުންސިލުން 1 މާރިޗު 2019 ވަނަ ދުވަހުރޭ އިންތިޒާމްކުރި ޚާއްޞަ ޖަލްސާގައި ފާދިއްޕޮޅުގެ ހުރިހާ ރަށުކައުންސިލްތަކާއި އަދި އަތޮޅު ކައުންސިލްގެ ސްޓާފް އޮފް ދަ އިޔަރ ސްޓާފް އިޢުލާންކޮށް އެފަރާތްތަކަށްވަނީ އެވޯޑްދީފައިވެއެވެ.
ކައުންސިލްތަކުގެ ބެސްޓް ސްޓާފުންނަށް ހޮވުނު މުވައްޒަފުން:
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ސްޓާފް އޮފް ދަ އިޔަރ – ކައުންސިލް މެންބަރު މުޙައްމަދު ޙުސައިން
- ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ ސްޓާފް އޮފް ދަ އިޔަރ – ޕްރޮޖެކްޓް އޮފިސަރ އަދުމާ މުޙައްމަދު ފާރިޤް
- ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ ސްޓާފް އޮފް ދަ އިޔަރ – އެސިސްޓެންޓް ޑިރެކްޓަރ ހަމްދާ މުޙައްމަދު
- ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ ސްޓާފް އޮފް ދަ އިޔަރ – ކައުންސިލްގެ ނައިބު ރައީސް އައިޝަތު ވިޝާމާ
- ފާދިއްޕޮޅު އޮޅުވެލިފުށި ކައުންސިލްގެ ސްޓާފް އޮފް ދަ އިޔަރ – އެޑްމިނިސްޓްރޭޓިވް އޮފިސަރ އަހުމަދު އިޤުބާލް
ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދި އިޔަރ ހޮވުން ކުރިއަށް ގެންގޮސްފައިވަނީ ފާދިއްޕޮޅު އަތޮޅު ކައުންސިލްއާ، ފާދިއްޕޮޅުގެ ރަށުކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އިވެލުއޭޝަންއެއް ބާއްވައިގެންނެވެ. މިގޮތުން މިއިވެލުއޭޝަންގައި ކޮންމެ ސްޓާފަކުވެސް ހުރިހާ ސްޓާފުން އިވެލުއޭޓްކޮށް މާރކްސް ދީފައިވެއެވެ. މިގޮތުން ބެސްޓް ސްޓާފްގެ ގޮތުގައި ހޮވާފައިވާނީ ހުރިހާ ސްޓާފުން ދެއްވި މާރކްސް އިން އެންމެ މަތީ އެވްރެޖްއެއް ހާސިލްކުރި ސްޓާފްއެވެ. ބެސްޓް ސްޓާފް އިވެލުއޭޝަންގައި ކައުންސިލް އިދާރާތަކުގައި މަސައްކަތްކުރާތާ 1 އަހަރު ވެފައިވާ ކޮންމެ މުވައްޒިފެއް އިވެލުއޭޓް ކޮށްފައިވެއެވެ. މީގެ ތެރޭގައި ސިވިލްސަރވެންޓްސްއާ ކައުންސިލަރުންނާއި ކޮންޓްރެކްޓް ޖޮބްތަކުގައި އުޅޭތާ އަހަރުވެފައިވާ މުވައްޒިފުންވެސް އިވެލުއޭޓް ކޮށްފައިވެއެވެ.
ސްޓާފް އޮފް ދި އިޔަރ ހޮވުމުގައި ސްޓާފުން މާކުސް ދީފައިވާ ކްރައިޓީރިއާ ތަކަށް ބަލާއިރު، ކަންކަމުގައި މުވައްޒަފު އެހީތެރިވާ މިންވަރާއި، ހިނިތުންވުމާއި، އެހެން މުވައްޒަފުންނަށް ހިތްހެޔޮ މިންވަރާއި، މަސައްކަތުގައި މުވައްޒަފުގެ ތެދުވެރި ކަމާ އިޚްލާޞްތެރިކަން އިސްކުރާ މިންވަރާއި، ވިސްނުންތެރިކަމާ މަސައްކަތުގައި މުވައްޒަފު އުފެއްދުންތެރި މިންވަރާއި، މުވައްޒަފު މަސައްކަތަށް ފަރުވާތެރިކަން ބަހައްޓާ މިންވަރާއި، މުވައްޒަފު ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ މިންވަރާއި އަދި މުވައްޒަފުގެ އިސްނެގުމާއި ކަންކަމާއި ކެރިގެން ކުރިމަތިލާ މިންވަރަށް ކޮންމެ މުވައްޒަފަކުވެސް ހުރިހާ މުވައްޒަފުންނަށް މާކްސް ދީފައިވެއެވެ. ސްޓާފް އޮފް ދި އިޔަރ ހޮވާފައިވަނީ މިހުރިހާ ކްރައިޓީރިއާއަކުން ސްޓާފުން ސްޓާފުންނަށް ދީފައިވާ މާރކްސް އިން އެންމެ މަތީ އެވްރެޖްއެއް ހާސިލްކުރި ސްޓާފްއެވެ.
ފަހުގެ ލިއުންތައް
- 2021 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ވަޒީފާގެ ފުރުސަތު: އެސިސްޓެންޓް ޑިރެކްޓަރ
- ޅ. ހިންނަވަރު “ކުދިލުނބޯމާގެ” ކިޔާގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހުށަހެޅުން
- ޅ. ހިންނަވަރު “ހިތްވަރު” ކިޔާގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހުށަހެޅުން
- ޅ. ހިންނަވަރު “ދިލްބަހާރުގެ” ކިޔާގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހުށަހެޅުން
- ޅ. ހިންނަވަރު “ޚަލީފާ” ކިޔާގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހުށަހެޅުން
- 2020ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެމްބަރ 2020
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ނޮވެމްބަރ 2020
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – އޮކްޓޯބަރ 2020