ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (5/2018)
މިދަންނަވާ ކަންތައް (14 ފެބްރުއަރީ 2018) ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018/03 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 24 ވަނަ ޢާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.
ލޯކަލް ކައުންސިލްތަކަށް 3 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުންނަށް މަޤާމަށް އަހުލުވެރިކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހިންގެވުމަށް ހަމަޖައްސަވާފައިވާ އޮރިއެންޓޭޝަން ޕްރޮގްރާމް، ބާއްވައިދިނުމަށް އެދި ލޯކަލް ގަވަރންމެންޓް އޮތީރިޓީއަށް ޕްރޮޕޯރސަލް ލެޓަރ ފޮނުވުމަށް ފެންނަކަމަށާ، އެ ޕްރޮޕޯރސަލްގައި އަތޮޅު ކައުންސިލްއިން ކުރާ ޚަރަދުގެ ގޮތުގައި ރަށުކައުންސިލްތަކުން އަންނަ ފަރާތްތަކުގެ ހުރުމާ ކެއުމުގެ ޚަރަދު އަތޮޅު ކައުންސިލްއިން ހަމަޖެއްސުމާއެކު، އެހެނިހެން ޚަރަދުތައް އެލް.ޖީ.އޭ.އިން ހަމަޖައްސައިދިނުމަށްއެދި ޕްރޮޕޯސަލެއް އެކުލަވައިލާ، ޕްރޮގްރާމް މިއަތޮޅުގައި ހިންގައިދިނުމަށް އެދި އެލް.ޖީ.އޭ.އަށް ރިކްއެސްޓް ލެޓަރ ފޮނުވަން ނިންމުން.
ފާދިއްޕޮޅު އަތޮޅުގެ/އަތޮޅުކައުންސިލް އިދާރާއިން ނީލަންކިއުމަށް ނަގާފައިވާ ތަކެތީގެ ލިސްޓްގައި އިންވެންޓްރީ ނަމްބަރު ނުޖަހައި ހުރި ތަކެތީގައި އިންވެންޓްރީ ނަމްބަރު ޖެހުމަށްފަހު، އެލިސްޓްގައި ކައުންސިލްއިން ޖަހާފައިވާ ފެށޭއަގުތަކާއެކު، ނީލަންލިސްޓް ފާސްކުރަން ނިންމުން.
އަތޮޅުކައުންސިލް އިދާރާގެ ސަލާމް ލޯންޗުން ނަގާފައިވާ 1 އިންޖީނާއި، މައިދޫ ލޯންޗުން ނަގާފައިވާ 1 އިންޖީނު އަދި އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާ އުވާލެއްވިއިރު އެއްވެސް ފަރާތަކާ ޙަވާލުނުކުރައްވައި އޮތް ބައު 2 އިންޖީނު ( ބައެއް ބައިތައް މަދު 2 އިންޖީނު )، މިއިންޖީނުތައް އެކުގައި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ފެންނަކަމަށާ، ނީލަން ފެށޭއަގުގެ ގޮތުގައި -/20،000ރ ފާސްކުރަން ނިންމުން.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން “ބާރު” ގެ ނަމުގައި ހިންގާ 3 އަހަދު ދުވަހުގެ ޕްރޮޖެކްޓާގުޅޭ 3 ދުވަހުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް 01 ފެބްރުއަރީ 2018 އަށް ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޙުސައިނު ވީއްލުމަށް ނިންމުން.
އެއްގަމާ ކަނޑުގައިދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓަރީ ހަދާދިނުމުގެ ޚިދުމަތް މިއިދާރާއިން ފެށުމަށް ބޭނުންވާތީ، އެޚިދުމަތް ދިނުމުގައި އިދާރީގޮތުން ނަގާފީގެ ގޮތުގައި -/200 ރުފިޔާ، ނެގުމަށް ނިންމުން.
ފަހުގެ ލިއުންތައް
- 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2026)
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- 2026 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2025ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެންބަރު 2025
- 2025 ޑިސެންބަރު މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- 2025 ނޮވެންބަރު، ޑިސެންބަރު މަހުގެ ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްޞާކުރި ކައުންސިލްތައް
- 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ނޮވެމްބަރ 2025
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން
