ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (6/2018)
މިދަންނަވާ ކަންތައް (21 ފެބްރުއަރީ 2018) ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018/5 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 25 ވަނަ ޢާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.
2018 ވަނަ އަހަރުގެ އަތޮޅުކައުންސިލްގެ އަހަރީ މަސައްކަތު ތާވަލްގައި ހިމެނޭ ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 26 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތް 2018 މެއި 10 ން 11 އަށް ބޭއްވުމަށް ކައުންސިލުން ނިންމެވުމުން، މިމުބާރާތް ބޭއްވުމަށް އެދި ފާދިއްޕޮޅު ހިންނަވަރު ކައުންސިލްއިން ހުށަހަޅުއްވާފައިވަނީ، -/54755ރ. ގެ ޕްރޮޕޯރސަލްއެއް ކަމަށްވެފައި، ފާދިއްޕޮޅު ނައިފަރު ކައުންސިލްއިން ހުށަހަޅުއްވާފައިވަނީ -/76500ރ. ގެ ޕްރޮޕޯރސަލެއް ކަމަށްވާތީ، ފާދިއްޕޮޅު ނައިފަރު ކައުންސިލްއިން ހުށަހަޅުއްވާފައިވާ ޢަދަދަކީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ ބަޖެޓްގައި ޤުރްއާން މުބާރާތް ހިންގުމަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑު ޢަދަދެއްކަމުގައިވާތީއާ، ޤުރްއާން މުބާރާތް ހިންގަމުންދަނީ އެކިއަހަރު އަތޮޅުގެ އެކި ރަށަށް ފުރުޞަތު ދިނުމުގެ އުޞޫލަކުންކަމުގައިވާތީ، މިކަންކަމަށް ރިޢާޔަތްކޮށް، މިއަހަރުގެ މުބާރާތް ނައިފަރުގައި ބޭއްވުމުގެ މުހިންމުކަން ބޮޑުކަމާއެކު، މި މުބާރާތް ބޭއްވުމަށް މިއިދާރާގެ ބަޖެޓްގައި ކަނޑައަޅާފައިވާ -/60000ރ. ގެ ބަޖެޓަށްވުރެ އިތުރުވާ ޚަރަދުތައް އެއިދާރާއިން ޒިންމާވާގޮތަށް އެއްބަސްވާނަމަ، މުބާރާތް ހިންގުން ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއާ ޙަވާލުކުރަން ފެންނަކަމަށާ، އެގޮތަށް އެއްބަސް ނުވެވޭނަމަ، މިއަހަރުގެ މުބާރާތް ހިންގުން ހިންނަވަރު ކައުންސިލްގެ އިދާރާއާ ޙަވާލުކުރަން ފެންނަ ކަމަށް ނިންމުން.ޤުރްއާން މުބާރާތް ބޭއްވުމަށް ތާރީޚް ކަނޑައަޅާފައިވަނީ ފާދިއްޕޮޅު އަތޮޅުކައުންސިލްއަށް ލަފާދޭކޮމިޓީގައި މަޝްވަރާކުރުމަށްފަހު ކަމުގައިވާތީއާ، އެކޮމިޓީގައި އަތޮޅުގެ ހުރިހައި ދާއިރާއެއްގެ ކައުންސިލްތަކުގެ ރައީސުން ހިމެނޭތީ، ޤުރްއާން މުބާރާތް ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚަށް ބަދަލުގެންނަން ނުފެންނަކަމަށް ނިންމުން.
ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުމާގުޅޭ އިދާރީ މަޢުލޫމާތު ބަޖެޓް ޔުނިޓްގައި ނެތުމާއި، މީގެ ކުރިން ސަޕްލިމެންޓަރީ ބަޖެޓެއް މިއިދާރާގައި ނިމިދިޔަ ދައުރުތަކުގައި ފާސްކޮށްފައިވާކަމަށް މުވައްޒަފުންނަށް މަޢުލޫމާތު ލިބިފައި ނުވާކަމަށް މުވައްޒަފުން މަޢުލޫމާތު ދެއްވާތީ، ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުމާބެހޭ އިދާރީ އިޖްރާޢަތްތައް އޮޅުންފިލުވުމަށްފަހު މިމައްސަލަ އެހެން ޖަލްސާއަކަށް އެޖެންޑާ ކުރަންފެންނަކަމަށް ނިންމުން.
ފަހުގެ ލިއުންތައް
- 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2026)
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- 2026 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2025ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެންބަރު 2025
- 2025 ޑިސެންބަރު މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- 2025 ނޮވެންބަރު، ޑިސެންބަރު މަހުގެ ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްޞާކުރި ކައުންސިލްތައް
- 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ނޮވެމްބަރ 2025
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން
