ދިވެހިސިވިލްސަރވިސް އަށް 10 އަހަރު ފުރުމާއި، 2018 ވަނަ އަހަރުގެ ބައިނައިލް އަޤްވާމީ މަސައްކަތް ތެރިންގެ ދުވަސް ފާހަގަކުރުމަށް ފާދިއްޕޮޅު އަތޮޅު ކައުންސިލާއި ނައިފަރުގައި ހުރި ހުރިހާ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން 01 މެއި 2018 އިން ފެށިގެން ހިންގުނު ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ އޮތީ 01 މެއި 2018 ވަނަ ދުވަހު ހެނދުނު ބޭއްވުނު މުއައްސަސާތަކުގެ ދުވުމެވެ. ނައިފަރު ޕޮލިސް ސްޓޭޝަނާއި ހަމައިން ފަށައިގެން ފާދިއްޕޮޅު އަތޮޅު ކައުންސިލާއި ހަމައަށް ކުރިއަށް ގެންދިޔަ މި ދުވުން އިންތިޒާމްކޮށްފައިވަނީ ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުންނެވެ.
ދެވަނަ ހަރަކާތެއްގެ ގޮތުން އޮތީ 01 މެއި 2018 ވަނަ ދުވަހު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 9:00 އަށް ބޭއްވުނު މުއައްސަސާ ތަކުގެ މަސްރޭހެވެ. ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިންތިޒާމްކުރި މިމަސްރޭހުގައި ހުރިހާ މުއައްސަސާ އަކުންވެސް ވަރަށް ފޯރިއާއެކު ބައިވެރިވިއެވެ. މިމަސްރޭހުގައި ޖުމްލަ 09 އުޅަނދު ބައިވެރިވެފައިވެއެވެ.
02 މެއި 2018 ވަނަ ދުވަސް ފާހަގަކުރެވުނީ ސިވިލްސަރވިސްގެ ކުލަ ހިމެނޭ ހެދުމެއްގައި ހުރިހާ މުވައްޒަފުންވެސް އޮފީހަށް ނިކުތް ދުވަހެއްގެ ގޮތުގައެވެ. މިގޮތުން ދުވަސް ފާހަގަކުރުމުގެ ގޮތުން ފާދިއްޕޮޅު އަތޮޅު ކައުންސިލާއި ނައިފަރު ކައުންސިލް މުވައްޒަފުންވަނީ ގުރޫޕް ފޮޓޯސެޝަން ތަކެއް ކުރިއަށް ގެންގޮސްފައެވެ.
މުވައްސަސާތަކުގެ އެކުވެރިކަމުގެ ވޮލީމެޗްތައް ކުރިއަށް ގެންގޮސްފައިވަނީ 02 މެއި 2018 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ނައިފަރު ވޮލީބޯޅަ ކޯޓުގައެވެ. މިގޮތުން އަންހެން މުވައްޒަފުންގެ ވޮލީމެޗަކާއި ފިރިހެން މުވައްޒަފުންގެ ވޮލީމެޗެއް ކުރިއަށް ގެންދެވިފައިވެއެވެ. މިކުޅިވަރު އިންތިޒާމްކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ނައިފަރު އިންޖީނުގޭގެ ފަރާތުންނެވެ.
ޅ އަތޮޅު ހޮސްޕިޓަލުން އިންތިޒާމްކޮށްގެން 02 މެއި 2018 ވަނަ ދުވަހުގެރޭ ނައިފަރު ފުޓްސަލް ދަނޑުގައި އަންހެން މުވައްޒަފުންގެ އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުރިއަށް ގެންދެވުނެވެ. އަދި ހަމަ އެރޭ ނައިފަރު ރަސްމީ ފުޓްބޯޅަ ދަނޑުގައި ފިރިހެން މުވައްޒަފުންގެ ފުޓްބޯޅަ މެޗެއްވެސް ޅ އަތޮޅު ހޮސްޕިޓަލުން އިސްނަގައިގެން ކުރިއަށް ގެންގޮސްދެއްވިއެވެ.
މިހަރަކާތްތައް ނިންމާލުމުގެ ގޮތުން ބޭއްވުނު “މުވައްޒަފުންގެ އެކުވެރި ބައްދަލުވުން” ބޭއްވިފައިވަނީ 03 މެއި 2018ވަނަ ދުވަހުގެ ރޭ 8:30 ގައި ނައިފަރު މަދްރަސަތުލް އިފްތިތާޙުގައެވެ. ހުރިހާ މުއައްސަސާތަކުގެ މުވައްޒަފުންގެ ބާބަކިއުއާއި އެކު ކުރިއަށް ގެންދިޔަ މިބައްދަލުވުމަށް ނައިފަރުގެ ހުރިހާ މުއައްސަސާތަކެއްގެ މުވައްޒަފުންނަށާއި، މުއައްސަސާތަކުގައި މީގެ ކުރިން މަސައްކަތްކަތްކުރައްވާ ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކަށް ދަޢުވަތު އެރުވިފައި ވެއެވެ. ސިވިލްސަރވިސް ދުވަހުގެ މުނާސަބަތުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިންތިޒާމްކުރި މަސްރޭހުގެ އެއް ވަނައަށް އައި ނައިފަރު ކައުންސިލަށާއި މަސްރޭހުގައި ބައިވެރިވި ހުރިހާ މުއައްސަސާއަކަށް އިނާމާއި ސެޓްފިކެޓް ހަވާލުރުން އޮތީ މިހަފްލާގައެވެ. އަދި ސިވިލްސަރވިސް ދުވަހުގެ ހަރާތްތައް އިންތިޒާމް ކުރުމުގައި ބައިވެރިވި ހުރިހާ މުއައްސަސާއަކަށް ޝުކުރު ދެއްނެވުމުގެ ގޮތުން، ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ ފަރާތުން ވަނީ ހަނދާނީ ލިޔުން ހަވާލުކުރައްވާފައެވެ.
މިހަރަކާތަށްފަހު 05 މެއި 2018 ވަނަ ދުވަހު އޮތީ ފާދިއްޕޮޅު އަތޮޅު ކައުންސިލާއި ނައިފަރު ކައުންސިލް ގުޅިގެން ކުރިއަށް ގެންދެވުނު މުވައްޒަފުންގެ ޕިކްނިކް ދަތުރެކެވެ. ޅ. މަޑިވަރަށް ކުރި މިދަތުރުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލާއި ނައިފަރު ކައުންސިލްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
ސިވިލްސަރވިސްއަށް 10 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް މިހިންގުނު ހަރަކާތްތަތަކަށްފަހު 06 މެއި 2018 ވަނަ ދުވަހު މިހަރަކާތްތަކާއި ގުޅޭ ރިވިއުމީޓިންއެއް ފާދިއްޕޮޅު އަތޮޅު ކައުންސިލްގައި ކުރިއަށް ގެންދެވިފައިވެއެވެ. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މުވައްޒަފުން ބައިވެރިވި މިބައްދަލުވުމަކީ ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް މުވައްޒަފުން ދެއްވި އެއްބާލުން ފާހަގަކުރުމުގެ ގޮތުންނާއި ކުރިއަށް އޮތްތަނުގައި މިފަދަ ހަރަކާތެއް ރާވާއިރު ވިސްނަންޖެހޭ ކަންކަމާއި ރަގަޅުކުރަން ޖެހޭ ކަންކަން ފާހަގަކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
ފަހުގެ ލިއުންތައް
- 2024 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ނޮވެމްބަރ، ޑިސެމްބަރ 2024)
- 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެމްބަރ 2024
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ނޮވެމްބަރ 2024
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – އޮކްޓޯބަރ 2024
- 2024 ޑިސެމްބަރ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ޑިސެމްބަރ 2024)
- ރަހުނު ދަފްތަރު ބެލެހެއްޓުން ރަށުކައުންސިލްތަކަށް ބަދަލުކުރުން
- އޭ-ޒޯން ބިން ސާފުކުރުމުގެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ޑިސެމްބަރ 2024)
- ރަހުނު ދަފްތަރު ބެލެހެއްޓުން ރަށުކައުންސިލްތަކަށް ބަދަލުކުރުން
- އޭ-ޒޯން ބިން ސާފުކުރުމުގެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ނޮވެމްބަރ 2024)
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން