ދައުލަތުގެ އިދާރާތައް ދަރަޖަ ކުރުމުން، ދެވަނަ ދަރަޖައިން އެއްވަނަ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ހޯދައިފި
ޤާނޫނު ނަންބަރު: 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގައިވާ ގޮތުގެމަތީން މަޢުލޫމާތު ހާމަކުރަމުންދާ މިންވަރު ބެލުމަށްޓަކައި ދައުލަތުގެ އިދާރާތައް ދަރަޖަކުރިއިރު ދެވަނަ ދަރަޖައިން އެންމެ މަތީމާރކްސް ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ އިދާރާ ހޯދައިފިއެވެ.
މިގޮތުން 2018 ވަނަ އަހަރުގެ ދަރަޖަކުރުމުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ އިދާރާއަށް ވަނީ %74.75 މާރކްސް ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. ވޭތުވެދިޔަ 2017ވަނަ އަހަރު ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ އިދާރާ 03 ވަނަ ދަރަޖައިގައި ހިމެނިފައިވާއިރު، ލިބިފައިވަނީ %46 މާރކްސް އެވެ. އެހެންކަމުން މިއީ ވޭތުވެދިޔަ އަހަރާއި އަޅާބަލާއިރު %28.75 މާރކްސްގެ ކުރިއެރުމެކެވެ. އެއްވަނަ ދަރަޖައަށް އެރުމަށް %75 މާކްސް ހޯދަންޖެހޭއިރު، އެއްވަނަ ދަރަޖައަށް ވާސިލުވުމަށް މިފަހަރު ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް މަދުވެފައިވަނީ އެންމެ %0.25 މާކުހެވެ.
ދައުލަތުގެ އިދާރާތަކުން، މަޢުލޫމާތު ހާމަކުރުމުގައި، ޤާނޫނު ނަންބަރު: 2014/1 ގައިވާ ގޮތުގެމަތީން ޢަމަލުކުރާ މިންވަރު ބަލައި ދަރަޖަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެވެ.
މިގޮތުން ދައުލަތުގެ އިދާރާތައް ދަރަޖަކުރެވިފައި ވަނީ އިދާރާތައް 5 ގްރޫޕަކަށް ބަހައިލެވިގެންނެވެ. އެއީ؛ (1) ސަރުކާރުގެ ވުޒާރާތައް، (2) މަތީގިންތީގެ ކޯޓުތައް (މެޖިސްޓްރޭޓް ކޯޓުނޫން ހުރިހައި ކޯޓުތަކެއް ހިމެނޭގޮތަށް)، (3) މިނިވަން މުއައްސަސާތައް (މިނިވަން މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އޮފީސް ހިމެނޭ ގޮތަށް)، (4) ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް، (5) ޔުނިފޯމް ޚާއްޞަކުރެވިފައިވާ ތަންތަން، (6) ސަރުކާރު ކުންފުނިތައް.
ދައުލަތުގެ އިދާރާތައް ދަރަޖަކުރެވިފައި ވަނީ އެ އޮފީހެއްގެ ވެބްސައިޓުން ހާމަވެ ފެންނަން ހުރި މަޢުލޫމާތަށް ބަލައިގެންނެވެ. މި ގޮތުން ދަރަޖަކުރުމުގައި ބެލޭ ކަންކަމުގެ ތެރޭގައި، ރަސްމީ ވެބްސައިޓެއް ހުރުމާއި، އިދާރާގެ ތަޞައްވުރާއި އަމާޒު ވެބްސައިޓުން ފެންނަން ހުރުމާއި އިންފޮމޭޝަން އޮފިސަރާއި މުރާޖަޢާ ކޮމިޓީގެ މަޢުލޫމާތު ހިމެނިފައިވުމާއި، އިދާރާގެ މައިގަނޑު މަސައްކަތްތަކާއި، ކާމިޔާބީތަކާއި ތާރީޚް އެނގެން އޮތްތޯ ބެލުމާއި، މުވައްޒަފުންނާއި ގުޅޭނެ ނަންބަރާއި މެއިލް އެޑްރެސްފަދަ މުހިންމު މަޢުލޫމާތުތައް ވެބްސައިޓުން އެނގެން ހުރިތޯ ބެލުން ހިމެނެއެވެ.
ދަރަޖަކުރުމުގައި 75 އިންސައްތައަށްވުރެ މަތިން މާކްސްލިބޭ ފަރާތްތައް ބެލިފައި ވަނީ އެއްވަނަ ދަރަޖައިގެ ގޮތުގައެވެ. ދެވަނަ ދަރަޖައިގެ ގޮތުގައި 50 އިންސައްތައާއި 74 އިންސައްތައާ ދެމެދު ބެލެވިފައި ވާއިރު، 3 ވަނަ ދަރަޖަ ކަމަށް ބެލެވިފައި ވާނީ 25 އިންސައްތައާއި 49 އިންސައްތައާއި ދެމެދެވެ. 24 އިންސައްތައަށްވުރެ ދަށުން މާކްސް ލިބިފައިވާ އިދާރާތަކަކީ ދަރަޖަނުކުރެވޭ އިދާރާތަކެވެ. ނުވަތަ ވަކި ދަރަޖައެއް ދޭވަރަށްވުރެ ވެބްސައިޓްގެ މަޢުލޫމާތުގެ ގޮތުން ދަށް ތަންތަނެވެ.
ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ އިދާރާއިން ވެބްސައިޓް މެދުވެރިކޮށް އާންމުކުރާ އެކިއެކި މަޢުލޫމާތުތަކުގެ މިންވަރު ވޭތުވެ ދިޔަ 02 އަހަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އަމާޒަކީ 2019 ވަނަ އަހަރުގެ ރޭކިންގައި މަޢުލޫމާތު ހަމާކުރުމުގެ 01 ވަނަ ދަރަޖާގެ މުއައްސަސާތަކުގެ ތެރޭ ފާދިއްޕޮޅު އަތޮޅު ކައުންސިލް ހިމެނިގެން ދިއުމެވެ.
ފަހުގެ ލިއުންތައް
- 2025 ފެބުރުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ފެބުރުއަރީ 2025)
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2025)
- އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެދަށުން އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާގެ ތަޖްރިބާ ހޯދުމަށް ފުރުޞަތު ހުޅުވައިލުން.
- ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު – އެސިސްޓެންޓް ކައުންސިލް އޮފިސަރ – ވަގުތީ
- މޮނިޓަރިންގ ރިޕޯޓް 2022-2023 – ޅ.ކުރެންދޫ
- މޮނިޓަރިންގ ރިޕޯޓް 2022-2023 – ޅ.ނައިފަރު
- 2025 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ޖެނުއަރީ 2025)
- ވަޒީފާގެ ފުރުޞަތު -އ.ކައުންސިލް އޮފިސަރ – (ވަގުތީ)
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ފެބުރުއަރީ 2025)
- އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެދަށުން އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާގެ ތަޖްރިބާ ހޯދުމަށް ފުރުޞަތު ހުޅުވައިލުން.
- ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު – އެސިސްޓެންޓް ކައުންސިލް އޮފިސަރ – ވަގުތީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ޖެނުއަރީ 2025)
- ވަޒީފާގެ ފުރުޞަތު -އ.ކައުންސިލް އޮފިސަރ – (ވަގުތީ)