ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (31/2018)
މިދަންނަވާ ކަންތައްތައް، 12 ޑިސެމްބަރ 2018 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2018/32 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 52 ވަނަ ޢާއްމުޖަލްސާ) އިން ވަނީ ނިންމާފައެވެ.
ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާއާއި ފާދިއްޕޮޅު އަތޮޅުގޭގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މުއްދަތު 31 ޖެނުއަރީ 2019 ގެ ނިޔަލަށް ހަމަވާތީ، މިހާރު އެކުލަވާލާފައިވާ އެއްބަސްވުމަށް އިތުރުކުރެވޭ ޒިންމާތަކެއްގެ ގޮތުގައި، ގަސްތަކަށް ފެންދިނުމާ، ގޯތިތެރެ ކުނިކެހުން އިތުރުކޮށްގެން 2019 ވަނަ އަހަރުގެ ކޮންޓްރެކްޓް އިޢުލާންކުރުމަށް ފާސްކުރުން.
ކުރެންދޫ ފްޓްސެލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް ތައްޔާރުކުރުމަށްޓަކައި، އަތޮޅުކައުންސިލްގެ ރައީސް އިބްރާހީމް ސިމާއު އެދިލައްވާފައިވާ މުއްދަތަށް ވީއްލުމަށް ނިންމުން.
ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އަހަރީ މަސައްކަތު ތާވަލްގައި ހިމެނޭ ފާދިއްޕޮޅު ވޮލީ ލީގް 2018 ހިންގުމަށް ހުށަހެޅިފައިވާ ބިޑްތައް، ބަޖެޓްގައި ކަނޑައަޅާފައިވާ ޢަދަދަށްވުރެ ބޮޑުވާތީއާ، މިހާރު އެންމެ ދަށްކޮށް ލިބިފައިވާ ބިޑްގެ އަގަކީ -/105,000ރ. ކަމަށްވާތީ، ފާދިއްޕޮޅު ވޮލީ ލީގް 2018 ހިންގުމަށް ބޭނުންވާ ބަޖެޓް ހަމަކުރުމަށްޓަކައި، 2018 ވަނަ އަހަރުގެ އެކްޓިވިޓީ ކަލެންޑަރުގައި ހިމެނިފައިވާ ޙަރަކާތްތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާހެދި ނުހިންގި ހުރި ޙަރަކާތްތަކާ، ނިމިފައިވާ ޙަރަކާތްތަކުން ބާކީވެފައިވާ ފައިސާ މި އިވެންޓަށް ކޮންޓްރޯލްފޯމްއިން ބަދަލުކޮށް، ބިޑް ކާމިޔާބުކުރި ފަރާތުން ހުށަހަޅާފައިވާ އަގުގައި، މި ކޮންޓްރެކްޓް އެފަރާތާ ޙަވާލުކުރަން ފާސްކުރުން.
ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އަހަރީ މަސައްކަތު ތާވަލްގައި ހިމެނޭ ޅ. ޗެމްޕިއަންޝިޕް-2018 (އަންޑަރ 21) ފުޓްބޯޅަމުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރުމުން، ހުށަހަޅާފައިވާ ބިޑްތައް އިވެލުއޭޓް ކުރުމުން، މިހާރު އެންމެ ދަށްކޮށް ލިބިފައިވާ ބިޑްގެ އަގަކީ -/128.000ރ. ކަމަށްވާތީ، ޅ. ޗެންޕިއަންޝިޕް-2018 (އަންޑަރ 21) ހިންގުމަށް ބަޖެޓް ހަމަކުރުމަށްޓަކައި، 2018 ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިފައިވާ ޙަރަކާތްތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާހެދި ނުހިންގި ހުރި ޙަރަކާތްތަކާ، ނިމިފައިވާ ޙަރަކާތްތަކުން ބާކީވެފައިވާ ފައިސާ މި އިވެންޓަށް ކޮންޓްރޯލްފޯމްއިން ބަދަލުކޮށް، ބިޑް ކާމިޔާބުކުރި ފަރާތުން ހުށަހަޅާފައިވާ އަގުގައި، މި ކޮންޓްރެކްޓް އެފަރާތާ ޙަވާލުކުރަން ފާސްކުރުން.
ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ ބައެއް ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 3 ވަނަ ފަހަރު އިޢުލާނުކުރުމުންވެސް ބިޑްހުށަހަޅާފައިވަނީ އެންމެ ފަރަތާކުން ކަމަށްވާތީ، އެފަރާތާ މަސައްކަތް ޙަވާލުކޮށްގެން ފެންނަކަމަށާ، ނަމަވެސް މި ޕްރޮޖެކްޓް ކުރިޔަށްގެންދަންފެންނަނީ، 2019 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމަނައިގެން، 2019 ވަނަ އަހަރުގެ ބަޖެޓުންކަމަށް ފާސްކުރުން.
ފަހުގެ ލިއުންތައް
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (މާރޗް، އެޕްރީލް 2025)
- ފާދިއްޕޮޅު ސްޓޭޓް ހައުސް ޢިމާރާތް ތަޅައި ބިން ސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
- އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެދަށުން އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާގެ ތަޖްރިބާ ހޯދުމަށް ފުރުޞަތު ހުޅުވައިލުން.
- އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓު) – ހިންނަވަރު ކައުންސިލްގެ އިދާރާ
- ޅ.އަތޮޅުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓް ކުރަން ފެށުން!
- 2025 މާރޗް މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (މާރޗް 2025)
- އެސިސްޓެންޓް ކައުންސިލް އޮފިސަރ (ވަގުތީ) މަޤާމަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓު)
- 2025 ފެބުރުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ފެބުރުއަރީ 2025)
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ފާދިއްޕޮޅު ސްޓޭޓް ހައުސް ޢިމާރާތް ތަޅައި ބިން ސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
- އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެދަށުން އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާގެ ތަޖްރިބާ ހޯދުމަށް ފުރުޞަތު ހުޅުވައިލުން.
- އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓު) – ހިންނަވަރު ކައުންސިލްގެ އިދާރާ
- ޅ.އަތޮޅުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓް ކުރަން ފެށުން!
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (މާރޗް 2025)