ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޅ.އޮޅުވެލިފުށީ ގައި ކުރިއަށް ގެންދިޔަ ދަނޑުވެރިކަމުގެ ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި ޅ. އޮޅުވެލިފުށީގައި 21 ޑިސެމްބަރ 2018 ވީ ހުކުރު ދުވަހު ބޭއްވުނު ރަސްމިއްޔާތެއްގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޅ އަތޮޅު ކައުންސިލްގެ ނައިފަރު ދާއިރާގެ މެންބަރު އަލްފާޟިލް މުޙައްމަދު ޙުސައިންއެވެ.
08ޑިސެމްބަރ 2018 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި ޖުމްލަ 23 މީހުން ބައިވެރިވެ ސެޓްފިކެޓް ހާޞިލްކޮށްފައިވެއެވެ. މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެގްރޯ ސަރވިސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.
ޕްރޮގްރާމް ނިންމުމުގެ ގޮތުން ޅ.ޅޮހީގައި ކުރިއަށްދާ ދަނޑުވެރިކަމުގެ ހަރަކާތްތައް ބަލާލުމަށްޓަކައި 21 ޑިސެމްބަރ 2018ވަނަ ދުވަހު ޅ. ޅޮއްސަށް ފިލްޑްޓްރިޕް އެއްދެވުނެވެ. މިދަތުރުގެ ބޭނުމަކީ ޅ.ޅޮހީގައި ކުރިއަށްދާ ދަނޑުވެރިކަމުގެ ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު ޕްރޮގްރާމްގެ ބައިވެރިންނަށް ހޯދައިދިނުމެވެ. ޅޮއްސަށް ކުރި ޒިޔާރަތުގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާގޮތާއި އެކަމުގެ ވައްޓަފާޅި އަދި އުފައްދާ ޕްރޮޑަކްޓްތައް މާކެޓް ކުރާނެ ގޮތްތަކާއިބެހޭ މަޢުލޫމާތު ޕްރޮގްރާމްގެ ބައިވެރިންނަށް ދެވުނެވެ.
ދަނޑުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފާދިއްޕޮޅުގެ ފަރާތްތަކަށް ދާއިރާގެ އެކަށީގެންވާ މަޢުލޫމާތާއި ތަމްރީން ފޯރުކޮށްދީ އެފަރާތްތަކަށް އެމަސައްކަތް ދެމެހެއްޓެނެވިގޮތެއްގައި ކުރެވޭނެ މަގު ފަހިކޮށްދީ ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި ދަނޑުވެރިކަމާއި ގުޅޭ ތަފާތު މަޢުލޫމާތުތައް ފޯރުކޮށްދީ އަމަލީ މަސައްކަތް ކުރާނެ ގޮތްތައް ބައިވެރިންނަށް ކިޔާދީ އެކަންކަން އަމަލީ ގޮތުން ތަޖުރިބާ ކުރުމުގެ ފުރުޞަތު ދެވުނެވެ.
ފާދިއްޕޮޅު އަތޮޅު ކައުންސިލުން 25000 ރުފިޔާއަށްވުރެ ބޮޑު ޚަރަދެއްކޮށްގެން ހިންގި މިތަމްރީން ޕްރޮގްރާމްގައި ކިޔަވާދެއްވާފައިވަނީ ދަނޑުވެރިކަމާއިގުޅޭ ދާއިރާއަށް 30 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ މިދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ހުސައިން ރަޝީދެވެ. މިޕްރޮގްރާމްގައި ބައިވެރިފައިވާ ފަރާތްތަކުގެ ތެރޭގައި ޅ. އޮޅުވެލިފުށީގައި މިހާރުވެސް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުންދާ ފަރާތްތައް ހިމެނޭކަން ފާހަގަކުރެވެއެވެ.
ފަހުގެ ލިއުންތައް
- 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2026)
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- 2026 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2025ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެންބަރު 2025
- 2025 ޑިސެންބަރު މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- 2025 ނޮވެންބަރު، ޑިސެންބަރު މަހުގެ ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްޞާކުރި ކައުންސިލްތައް
- 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ނޮވެމްބަރ 2025
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން
