ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
ފާދިއްޕޮޅު ރަށު ކައުންސިލް ތަކާއި އަތޮޅު ކައުންސިލްގެ ހަރަކާތްތަކާއި ޕްރޮގްރާމްތަކަށް އެކި ގޮތް ގޮތުން އެންމެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ފާދިއްޕޮޅު އަތޮޅު ކައުންސިލުން މިއަހަރު ތަޢާރަފްކުރި ސީއެސްއާރު އެވޯޑް މިއަހަރު 4 ފަރާތަކުން ހާސިލްކޮށްފިއެވެ. މިފަރާތްތަކާއި ސީއެސްއާރު އެވޯޑް ހަވާލުކޮށްފައިވަނީ ލޯކަލް ކައުންސިލް ދުވަސް 2019 ފާހަގަކުރުމުގެ ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ ފަރާތުން 01 މާރިޗު 2019 ގައި ޅ. ނައިފަރު މަދްރަސަތުލް އިފްތިތާޙުގައި ބޭއްވި ޚާއްޞަ ޖަލްސާގެ ތެރޭގައެވެ. މިގޮތުން މިއަހަރު ފާދިއްޕޮޅު އޮޅުވެލިފުށި ކައުންސިލް ފިޔަވާ ޅ އަތޮޅުގެ އެހެން ހުރިހާ ކައުންސިލްތަކުން ސީއެސްއާރު އެވޯޑަށް ނަން ހުށަހަޅާފައިވެއެވެ.
މިގޮތުން ޅ. ހިންނަވަރު ކައުންސިލަށް ވޭތުވެދިޔަ 2018 ވަނަ އަހަރު އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވި ފަރާތުގެ ގޮތުގައި ސީއެސްއާރު އެވަރޑް ޙާޞިލްކޮށްފައިވަނީ ހިންނަވަރު ހުސައިން އިމާއިލްގެ ވިޔަފާރި ޖޭއެފްއެމް އެވެ. ޅ. ނައިފަރު ކައުންސިލަށް އިޖުތިމާޢީ ޒިންމާގެ ދަށުން އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވި ފަރާތަކަށް ހޮވި އެވޯޑް ހާސިލްކޮށްފައިވަނީ ނައިފަރުގެ ދީނީ ޖަމްޢިއްޔާއެއް ކަމުގައިވާ ދައުވާ ފައުންޑޭޝަނުންނެވެ. ޅ. ކުރެންދޫ ކައުންސިލަށް ވޭތުވެދިޔަ އަހަރު އެންމެ ބޮޑު އެހީތެރިކަމެއްފޯރުކޮށްދީ ސީއެސްއާރު އެވޯޑް ހާސިލްކޮށްފައިވަނީ ދަފުތަރު ނަންބަރު ރސ 771 މުޙައްމަދު ޔައުގޫބު އެވެ. އަދި ފާދިއްޕޮޅު އަތޮޅު ކައުންސިލަށް ވޭތުވެދިޔަ އަހަރު އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީގެން ސީއެސްއާރު އެވޯޑް ހާސިލްކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަލްފާޟިލް މުޙައްމަދު މޫސާގެ ކުންފުނި، ޗަމްޕާ ބްރަދަރސް ޕްރައިވެޓް ލިމިޓެޑްއެވެ.
ފާދިއްޕޮޅު އަތޮޅު ކައުންސިލުން މިއަހަރު ތަޢާރަފް ކުރި ސީއެސްއާރު އެވޯޑަކީ ފާދިއްޕޮޅު ކައުންސިލްތަކަށް އިޖްތިމާޢީ ޒިންމާގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތަކުގެ ޚިދުމަތްތައް ފާހަގަކުރުމަށް ތަޢާރަފްކުރި އެވޯޑެކެވެ. މިއީ ފާދިއްޕޮޅު ކައުންސިލުން މިފަދަ އެވޯޑެއް ތަޢާރަފް ކުރި ފުރަތަމަ ފަހަރެވެ.
ފަހުގެ ލިއުންތައް
- 2024 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ނޮވެމްބަރ، ޑިސެމްބަރ 2024)
- 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެމްބަރ 2024
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ނޮވެމްބަރ 2024
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – އޮކްޓޯބަރ 2024
- 2024 ޑިސެމްބަރ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ޑިސެމްބަރ 2024)
- ރަހުނު ދަފްތަރު ބެލެހެއްޓުން ރަށުކައުންސިލްތަކަށް ބަދަލުކުރުން
- އޭ-ޒޯން ބިން ސާފުކުރުމުގެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ޑިސެމްބަރ 2024)
- ރަހުނު ދަފްތަރު ބެލެހެއްޓުން ރަށުކައުންސިލްތަކަށް ބަދަލުކުރުން
- އޭ-ޒޯން ބިން ސާފުކުރުމުގެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ނޮވެމްބަރ 2024)
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން