ފާދިއްޕޮޅު ކައުންސިލްތަކުގެ މެދުގައި ތަޖުރިބާ ހިއްސާކޮށް މަޝްވަރާކުރުމަށް ބޭއްވުނު ފާދިއްޕޮޅު ކައުންސިލްތަކުގެ މަހާސިންތާ 2019 ކާމިޔާބު ކަމާއިއެކު ނިންމާލާފިއެވެ. ފާދިއްޕޮޅުގެ ހުރިހާ ރަށުކައުންސިލްތަކުންނާއި އަތޮޅު ކައުންސިލުގެ މަންދޫބުން ބައިވެރިވި މި މަހާސިންތާ ބާއްވާފައިވަނީ 01 މާރިޗު 2019 އިން 02 މާރިޗު 2019 އަށް ފާދިއްޕޮޅު ނައިފަރު ގައެވެ.
މިމަހާސިންތާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަކީ، އެއްބަޔަކު އަނެއްބަޔަކަށް އެނގޭ ދެކިފަރިތަ ބަޔަކަށް ވުމުގެ ފުރުޞަތު ދިނުމާއި، އިދާރީ މަސައްކަތްތަކުގައި އެއް އޮފީހެއްގެ ހުނަރާއި ވަޞީލަތްތަކުގެ ބޭނުން އެހެން އޮފީހަކުން ހޯދޭނޭ ފަސޭހަ އިންތިޒާމްތައް ހަމަޖެހިގެން ދިޔުމާއި، މަހާސިންތާގެ މަޝްވަރާގެ ޒަރީޢާއިން އުފެއްދުންތެރި އާ ޚިޔާލުތައް ވުޖޫދުވެގެން ދިއުމާއި، އިދާރީ ފޯރމެޓްތަކާ ޑޮކިޔުމެންޓް ނަމޫނާތައް، އޮފީސްތަކުގެ މެދުގައި ހިއްސާކުރެވިގެން ދިއުމާއި، އެކި ކައުންސިލްތަކުގައި މަސައްކަތްކުރާ ވައްޓަފާޅި އެއްބަޔަކު އަނެއް ބަޔަކާއި ހިއްސާކުރުމާއި އަދި ޚިދްމަތް ދިނުމާއި ޤަވާއިދު ތަންފީޒު ކުރުމުގައި ކައުންސިލްތަކުގެ ދެމެދުގައިހުރި ތަފާތުތައް ކުޑަކުރުން ހިމެނެއެވެ.
މިމަހާސިންތާގެ ހުރިހާ ކައުންސިލަކުންވެސް ވަނީ އެކައުންސިލްތައް ހިނގަމުންދާގޮތުގެ ޕްރެސެންޓޭޝަން ހުށަހަޅާފައެވެ. މިޕްރެސެންޓޭޝަންގައި އެލްޖީއޭގެ ޕާފޯމަންސް އިންޑެކްސްގައި އެކައުންސިލެއް މިހާރު އޮތް ހިސާބާއި، ކުރިއަށް އޮތް އަހަރު އެލްޖީއޭގެ ޕާފޯމަންސް އިންޑެކްސްގައި ކައުންސިލް އޮންނާނެ ކަމަށް ލަފާކުރެވޭ ހިސާބު ހިއްސާކޮށްފައިވެއެވެ. އަދި ކައުންސިލްތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލެވިފައިވާ ވާގޮތާއި، ޤާނޫނު ލާޒިމްކުރާ ލިޔުންތަކާއި ރިޕޯޓްތަކުގެ އިތުރުން ކައުންސިލުން އަމިއްލައަށް އިސްނަގައިގެން މަހުންމަހަށް އުފައްދާ ރިޕޯޓްތަކާއި ބެހޭ މަޢުލޫމާތާއި ޤަވާއިދުން ނަގާ ބަލަހައްޓާ ތަފާސްހިސާބުގެ މަޢުލޫމާތު ކައުންސިލުތަކުން ހިއްސާކޮށްފައިވެއެވެ. އަދި ކައުންސިލްތަކުގައި ޓެކްނޮލޮޖީ ބޭނުންކުރެވޭ މިންވަރާއި ކައުންސިލަށް ވޭތުވެދިޔަ އަހަރު އާމްދަނީ ހޯދުމަށް ކޮށްފައިވާ މަސައްކަތްތަކާއި ލިބިފައިވާ އާމްދަނީގެ ތަފްޞީލު ކައުންސިލްތަކުން ހިއްޞާކޮށްފައިވެއެވެ.
މީގެ އިތުރުން ކައުންސިލުތަކުގައިވާ އެންމެ ދެރަ އަދި އުނިސިފަތަކާއި މެދުވެސް ބައްދަލުވުގެ ބައިވެރިން މަޝްވަރާކޮށް ޚިޔާލުބަދަލުކޮށްފައިވެއެވެ. މިއާއެކު އެއްކައުންސިލުން އަނެއް ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންކަމާއި ގުޅޭ ގޮތުންވެސް މަހާސިންތާގެ ބައިވެރިން ޚިޔާލުބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.
02 މާރިޗު 2019 ވަނަ ދުވަހު މަހާސިންތާގެ ބައިވެރިންވަނީ ޅ. ނައިފަރު ކައުންސިލުން މުނިސިޕަލް ކަންކަން އިތިޒާމްކޮށް ބަލަހައްޓާގޮތް ބަލާލުމަށްޓަކައި ސައިޓްވިޒިޓްތަކެއް ކޮށްފައެވެ. މިގޮތުން ނައިފަރު ކައުންސިލަށާއި ނައިފަރުގެ އެކި ސަރަހައްދުތަކަށް މަހާސިންތާގެ ބައިވެރިން ޒިޔާރަތްކޮށް މަޢުލޫމާތުހޯދާ ތަޖުރިބާ ހިއްސާކޮށްފައިވެއެވެ.
މަހާސިންތާ ނިންމާލުމުގެ ކުރިން ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ މޮނިޓަރިން ޕޯޓަލް ވަނީ މަހާސިންތާގެ ބައިވެރިންނަށްވަނީ ތަޢާރަފްކޮށް ދެވިފައެވެ. މިގޮތުން މޮނިޓަރިންގ ޕޯޓަލްގެ މަޤްޞަދާއި ޕޯޓަލް ބޭނުންކުރާނެ ގޮތުގެ އިރުޝާދު މަހާސިންތާގެ ބައިވެރިންނާއިވަނީ ހިއްސާކުރެވިފައެވެ.
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މެންބަރު މުޙައްމަދު ޙުސައިން ފެސިލިޓޭޓްކޮށްދެއްވި މި މަހާސިންތާގައި ފާދިއްޕޮޅުގެ ހުރިހާ ކައުންސިލަކުން ޖުމްލަ 18 މަންދޫބުން ބައިވެރިވެފައި ވެއެވެ. މިއީ ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިންތިޒާމްކުރި މިފަދަ ފުރަތަމަ މަހާސިންތާއެވެ. މީގެ ދެވަނަ މަހާސިންތާއެއް 2020 ގައި ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފަހުގެ ލިއުންތައް
- 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2026)
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- 2026 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2025ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެންބަރު 2025
- 2025 ޑިސެންބަރު މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- 2025 ނޮވެންބަރު، ޑިސެންބަރު މަހުގެ ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްޞާކުރި ކައުންސިލްތައް
- 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ނޮވެމްބަރ 2025
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން
