މިދަންނަވާ ކަންތައްތައް، 23 އޮކްޓޯބަރ 2019 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2019/39 ވަނަ ޖަލްސާ (3 ވަނަ ދައުރުގެ 92 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  • މިއިދާރާގެ 8 އެކައުންޓްގެ އިންޓަރނެޓް ބޭކިންގ ގެ ޚިދުމަތް، އިތުރު 2 މުވައްޒަފުންނަށް ދިނުމަށް ބޭންކަށް ހުށަހަޅަން ޖެހޭ ޤަރާރު، 3 ކައުންސިލް މެމްބަރުން ހަމަވާ ޖަލްސާ އެއްގައި ފާސްކުރުމަށް، އެހެން ޖަލްސާއަކަށް މި މައްސަލަ އެޖެންޑާ ކުރުމަށް ނިންމުނު .
  • ޅ.އަތޮޅު ރައްޔިތުންގެ ފަންޑުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ނައިފަރު ބްރާންޗްގައި ހުޅުވާފައިވާ އިންޓަރނެޓް ބޭންކިންގް ޚިދުމަތަށް އެދޭ ފޯމް އާއެކުގައި ހުށައަޅަންޖެހޭ ޤަރާރު ފާސްކުރަންޖެހޭނީ 3 ކައުންސިލް މެމްބަރުން ހަމަވާ ޖަލްސާ އެއްގައި ފާސްކުރުމަށް، އެހެން ޖަލްސާއަކަށް މި މައްސަލަ އެޖެންޑާ ކުރުމަށް ނިންމުނު .
  • އީ ކައުންސިލް ނިޒާމުގެ ދަށުން އުފައްދާފައިވާ ވިޔަ މޮޑިއުލްގެ ޔޫޒަރ ރޯލްތައް ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މެދުގައި ބައްސަވައި ޔޫޒަރ ފޯމްތައް ފުރިހަމަކޮށް އެލް ޖީ.އޭއަށް ފޮނުވަން އަންގަވާފައިވާތީ އެލް.ޖީއޭގެ އުޞޫލް ތަކާއި އެއްގޮތަށް ޔޫޒަރ ރޯލް ހަވާލުކުރާނެ މުވައްޒަފުން ތިރީގައިވާގޮތުގެމަތިން ހަމަޖެއްސުމަށް ނިންމުން.
  • ބަޖެޓް އެޕްރޫވަލް ރޯލް ކައުންސިލްގެ ރައީސްއަށް ދިނުމަށާ، ރައީސް ޙާޟިރުވެ ނެތިއްޖެ ޙާލަތެއްގައި، ވަގުތީގޮތުން ނައިބްރައީސްއަށް ވެސް ބަޖެޓް އެޕްރޫވަލް ރޯލް ހަމަޖެއްސުން
  • އަދި ތިރީގައިވާ ރޯލްތައް، ކައުންސިލްގެ ރައީސް ކަނޑައަޅާ ފަރާތްތަކަށް ދިނުމަށާ، ރައީސް ޙާޟިރުވެ ނެތިއްޖެ ޙާލަތެއްގައި، ކައުންސިލްގެ ނައިބްރައީސް ކަނޑައަޅާ ފަރާތްތަކަށް ދިނުން.
  • ވައުޗަރ އެޑްމިން
  • ވައުޗަރ އޮތޮރައިޒަރ
  • ޕާޗޭސް އޯޑަރ އޯތޮރައިޒަރ
  • ކްރިއޭޗް ޕާޗޭސް އޯޑަރ
  • ކެންސަލް ވައުޗަރ
  • ކެންސަލް ޕާރޗޭސް އޯޑަރ
  • ޖީއެސްޓީ ޔޫސަޒ
  • އިންކަމް ރެޖިސްޓަރ
  • ކެންސަލް ރިސިޕްޓް
  • ސެޓް ޕެޓީކޭޝް
  • ސޭފްޔޫޒަރ
  • ބިލް އެންޓްރީއާއި އެންޓްރީ
  • ބަޖެޓް އެޑްމިން
  • ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ 2019 ވަނަ އަހަރުގެ މަސައްކަތުތާވަލުގެ ގެ 1.4.1 ވަނަ ނަމްބަރ ގައިވާ ” ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުން ” މި ޕްރޮގްރާމްގެ ނަން ” ޤައުމީ އަދި ދީނީ މުނާސަބާތައް ފާހަގަ ކުރުން” މިގޮތަށް ބަދަލުގެނެސް އެކްޓިވިޓީ ކަލެންޑަރ އިޞްލާޙްކުރަން ފެންނަކަމަށްނިންމުން.