ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (31/2019)
މިދަންނަވާ ކަންތައްތައް، 31 އޮކްޓޯބަރ 2019 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2019/41 ވަނަ ޖަލްސާ (3 ވަނަ ދައުރުގެ 93 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.
މިއިދާރާގެ 6 އެކައުންޓްގެ އިންޓަރނެޓް ބޭކިންގ ގެ ޚިދުމަތް، އިތުރު 2 މުވައްޒަފުންނަށް ދިނުމަށް ބޭންކަށް ހުށަހަޅަންޖެހޭ ޤަރާރު، 3 ކައުންސިލް މެމްބަރުން ހަމަވާ ޖަލްސާ އެއްގައި ފާސްކުރުމަށް، އެހެން ޖަލްސާއަކަށް މި މައްސަލަ އެޖެންޑާ ކުރުމަށް ނިންމުން.
ޅ.އަތޮޅު ރައްޔިތުންގެ ފަންޑުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ނައިފަރު ބްރާންޗްގައި ހުޅުވާފައިވާ އިންޓަރނެޓް ބޭންކިންގް ޚިދުމަތަށް އެދޭ ފޯމްއާއެކުގައި ހުށައަޅަންޖެހޭ ޤަރާރު ފާސްކުރަންޖެހޭނީ 3 ކައުންސިލް މެމްބަރުން ހަމަވާ ޖަލްސާ އެއްގައި ފާސްކުރުމަށް، އެހެން ޖަލްސާއަކަށް މި މައްސަލަ އެޖެންޑާ ކުރުމަށް ނިންމުން.
ޅ.ޗެންޕިއަންޝިޕް 2019 (އަންޑަރ 21) ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާގެ ނަމްބަރ (IUL-231-AH/231/2019/72) އިޢުލާނުން ވަނީ ޢާއްމުކޮށް ފުރުޞަތު ހުޅުވާލާފައެވެ. ނަމަވެސް އިތުރު ބިޑަކަށް ހުޅުވާލަންޖެހިއްޖެނަމަ، ފުޓްބޯޅަ މުބާރާތް މިހިނގާ 2019 ވަނަ އަހަރު މުބާރާތް ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚްގައި ބޭއްވުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމަށް ފެންނާތީ، މިހާރު ހުޅުވާލެވިފައިވާ ފުރުޞަތަށް އެދި 3 ޕްރޮޕޯސަލް އަށް ވުރެމަދުން ބިޑް ހުށަހެޅުނު ކަމުގައި ވިޔަސް، ބިޑްތައް އިވެލުއޭޓްކޮށް އެންމެ މަތިން މަރކްސް ލިބޭފަރާތަކާ ބިޑް ޙަވާލުކުރަން ފެންނަކަމަށް ނިންމުން.
ފާދިއްޕޮޅު އަތޮޅު ކައުންސިލްއިން، ނޮވެމްބަރ 5، 6، 7 ވަނަ ދުވަހު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއާއި ، ސަރުކާރުގެ ބައެއް މިނިސްޓްރީ ތަކާއި ބައްދަލުކުރުމަށް މާލެ ދިއުމަށް ހަމަޖެހިފައިވާތީ މިދަތުރުގައި ބައިވެރިވާ ބޭފުޅުން ކަނޑައެޅުމާއި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންގެ ދަތުރު ޚަރަދާއި، ހުރުމާއި ކެއުމުގު ޚަރަދު ހަމަޖައްސަވައި ދެއްވުން އެދި ހުށަހެޅިފައިވާ މައްސަލަ އާއި ބެހޭގޮތުން ތިރީގައި ވާގޮތަށް ވަނީ ނިންމާފައެވެ.
ދަތުރުގައި ބައިވެރިވާނީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 3 މެމްބަރުންނާއި އިދާރީ ގޮތުން މި ދަތުރުގައި ބައިވެރިވާނީ ޒިންމާދާރު ވެރިޔާ ކަނޑައަޅުއްވާ 2 ބޭފުޅެކެވެ.
ގުރާންޓް ބަޖެޓްގައި ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކޯޑް އިން ރުފިޔާ ހުސްވެފައިވާތީ ، ކޮންޓްރޯލް ފޯރމްއެއް ހަދައިގެން މިދަތުރުގެ ޚަރަދު މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ހަމަޖައްސާދޭން ފެންނަކަމަށް ނިންމުން.
ފާދިއްޕޮޅު އޮޅުވެލިފުށީގެ ދަނޑުވެރިންނަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމަށްޓަކައި، އެރަށުގެ ދަނޑުތައް ހިމެނޭ ސަރަޙައްދަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި، ހިނގާނެ ޚަރަދުގެ ގޮތުގައި ފާދިއްޕޮޅު އޮޅުވެލިފުށި ކައުންސިލްގެ އިދާރާއިން ހުށަހަޅުއްވާފައިވާ، އަގުލިސްޓްގައިވާ ތަކެއްޗާއި މަސައްކަތަށް ބޭނުންވާ ބަޖެޓްގެ ގޮތުގައި، 70،000ރ (ހަތްދިހަ ހާސް) ފާދިއްޕޮޅު އޮޅުވެލިފުށީގައި ދަނޑުވެރިކަމު ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް ކަނޑައެޅިފައިވާ އެކްޓިވިޓީގެ ނަން، ” ފާދިއްޕޮޅު އޮޅުވެލިފުށި ދަނޑުވެރިކަން ކުރިއެރުވުމުގެ ޕްރޮގްރާމް” އަށް ބަދަލުކޮށް، އެ އެކްޓިވިޓީ ކޯޑަށް މި ފައިސާ ހަމަކުރުމަށްޓަކައި، ނިމިފައިހުރި އެކްޓިވިޓީ ކޯޑްތަކުގެ ބާކީއިންނާ، ކުރިޔަށް ނުގެންދެވޭނެ ކަމަށް ބެލެވޭ ހަރަކާތްތަކުގެ ފައިސާއިން، ކޮންޓްރޯލް ފޯމްއިން ފައިސާ ބަދަލު ކުރަން ފެންނަކަމަށް ނިންމުން.
ފަހުގެ ލިއުންތައް
- 2025 ފެބުރުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ފެބުރުއަރީ 2025)
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2025)
- އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެދަށުން އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާގެ ތަޖްރިބާ ހޯދުމަށް ފުރުޞަތު ހުޅުވައިލުން.
- ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު – އެސިސްޓެންޓް ކައުންސިލް އޮފިސަރ – ވަގުތީ
- މޮނިޓަރިންގ ރިޕޯޓް 2022-2023 – ޅ.ކުރެންދޫ
- މޮނިޓަރިންގ ރިޕޯޓް 2022-2023 – ޅ.ނައިފަރު
- 2025 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ޖެނުއަރީ 2025)
- ވަޒީފާގެ ފުރުޞަތު -އ.ކައުންސިލް އޮފިސަރ – (ވަގުތީ)
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ފެބުރުއަރީ 2025)
- އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެދަށުން އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާގެ ތަޖްރިބާ ހޯދުމަށް ފުރުޞަތު ހުޅުވައިލުން.
- ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު – އެސިސްޓެންޓް ކައުންސިލް އޮފިސަރ – ވަގުތީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ޖެނުއަރީ 2025)
- ވަޒީފާގެ ފުރުޞަތު -އ.ކައުންސިލް އޮފިސަރ – (ވަގުތީ)