މިދަންނަވާ ކަންތައްތައް، 26 އޮގަސްޓް 2021 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 20/2021 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 12 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.
ޅ.ނައިފަރު ހުޅަނގުގޭ އާދަމް މުޙައްމަދުފުޅު ނިޔާވުމާއި ގުޅިގެން، ވާރިސުން ކަނޑައެޅުމުގެ ކަންކަން މިވަގުތު ކޯޓުގައި ކުރިޔަށް ދާކަމަށް އާއިލާގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާތީ، މިހާރު ހެދިފައިވާ ނަންބަރ (ARG)231-ED/PRIV/2014/5 (16 ނޮވެމްބަރ 2014) އެއްބަސްވުމަށް އިޙްތިރާމްކުރުމާއެކު، ވާރިސުން ކަނޑައެޅުމުގެ ކަންކަން ކޯޓުން ވަކިގޮތަކަށް ނިމެންދެން މިހާރު ހެދިފައިވާ އެއްބަސްވުން ދެމެހެއްޓުމަށާއި، އަދި އެއްބަސްވުމާއި ގުޅިގެން މުޢާމަލާތު ކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް ޢާއިލާއަށް ދެންނެވުމަށް ނިންމުން.
ފާދިއްޕޮޅު އަތޮޅުކައުންސިލުން ދެވޭ ޓްރާންސްޕޯޓާއި ގުޅުންހުރި ޚިދުމަތްތަކަށް ޚިދުމަތުގެ އަގުނެގުމާބެހޭ އުޞޫލުގައިވާ “ސީ” ޒޯން ލައިސަންސް ހަދާދިނުމުގެ އިދާރީފީގެ ގޮތުގައި އޮތް -/100 (އެއްސަތޭކަ) ރުފިޔާ، -/50 (ފަންސާސް) އަށް ބަދަލުކޮށް، ދެންހުރި އަގުތަށް ހަމަ ހުރިގޮތަށް މިހާރު ހުށަހެޅިފައިވާ “ފާދިއްޕޮޅު އަތޮޅުކައުންސިލުން ދެވޭ ޓްރާންސްޕޯޓް އާއި ގުޅުންހުރި ޚިދުމަތްތަކަށް ޚިދުމަތުގެ އަގު ނެގުމުގެ އުޞޫލު” ފާސްކުރުން.
ސަލާމް ލޯންޗަށް އައު 2 އިންޖީނު ގަނެގެން، ލޯންޗް ވީއެންމެއަވަހަކަށް އޮޕަރޭޝަނަށް ގެންނަން ނިންމުން.
ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2022 ވަނަ އަހަރަށް ލަފާކޮށް ތައްޔާރުކޮށްފައިވާ މަސައްކަތު ތާވަލަށް ރަށްރަށުގެ ރަށުކައުންސިލްތަކަށް އައި.ޓީ.އީ. ވަޞީލަތްތައް ފޯރުކޮށްދިނުމަށް އެކްޓިވިޓީއެއް އިތުރުކޮށް، އެކްޓިވިޓީގެ ޢަދަކީ -/108،000 (އެއްލައްކަ އަށްހާސް) ރުފިޔާކަމަށާއި، މިފައިސާއިން ކޮންމެ ރަށުކައުންސިލަކަށް 2 ލެޕްޓޮޕް ހޯދާދިނުމަށް މަސައްކަތު ތާވަލްގައި ހިމަނައިގެން ފާސްކުރުން.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 96 ވަނަ މާއްދާގެދަށުން، ކައުންސިލަށްލިބޭ އާމްދަނީއާއި، އެކިގޮތްގޮތުން ލިބޭ އެހީއާއި، ނަގާ ލޯނަށް ބަލައިގެން 2022 ވަނަ އަހަރަށް ފާދިއްޕޮޅު އަތޮޅުކައުންސިލުން ތައްޔާރުކުރި ބަޖެޓް ރިކަރެންޓް ޚަރަދުގެ ގޮތުގައި 8,266,129.00 (އަށްމިލިޔަން ދުއިސައްތަ ފަސްދޮޅަސް ހަހާސް އެއްސަތޭކަ ނަވާވީސް ރުފިޔާ)، ކެޕިޓަލް ޚަރަދުގެ ގޮތުގައި 2,757,600.00 (ދެމިލިއަން ހަތްލައްކަ ފަންސާސް ހަތްހާސް ހަސަތޭކަ ރުފިޔާ) ޖުމްލަ 11,023,729.00 (އެގާރަމިލިއަން ތޭވީސްހާސް ހަތްސަތޭކަ ނަވާވީސް ރުފިޔާ) ގެ ބަޖެޓް ފާސްކުރުން.
ފާދިއްޕޮޅު ތަރައްޤީ ޕްލޭން 2022 – 2026 އަށް އެކުލަވާލުމަށް ފާދިއްޕޮޅުގެ ރަށުކައުންސިލްތަކާއި، އެހެނިހެން މުވައްސަސާތަކުގެ ބައިވެރިވުމާއި ޚިޔާލުހޯދުމަށް މަޝްވަރާކުރުމަށް އިންތިޒާމުކުރެވޭ މަސައްކަތު ބައްދަލުވުމުގެ ކޮންސެޕްޓް ޕޭޕަރ ފާސްކުރުން.
ފަހުގެ ލިއުންތައް
- ރަހުނު ދަފްތަރު ބެލެހެއްޓުން ރަށުކައުންސިލްތަކަށް ބަދަލުކުރުން
- އޭ-ޒޯން ބިން ސާފުކުރުމުގެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ނޮވެމްބަރ 2024)
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ސެޕްޓެމްބރ، އޮކްޓޯބަރ 2024)
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން
- ކައުންސިލް އޮފިސަރ (J-375637) މަޤާމަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓު)
- 2024 އޮކްޓޯބަރ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (އޮކްޓޯބަރ 2024)
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި އިރުގެ ހަކަތައިން (ސޯލަރ) ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވެއްޖެ
- ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓު – ކައުންސިލް އޮފިސަރ (J-375637)
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ރަހުނު ދަފްތަރު ބެލެހެއްޓުން ރަށުކައުންސިލްތަކަށް ބަދަލުކުރުން
- އޭ-ޒޯން ބިން ސާފުކުރުމުގެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ނޮވެމްބަރ 2024)
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން
- ކައުންސިލް އޮފިސަރ (J-375637) މަޤާމަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓު)