މިދަންނަވާ ކަންތައްތައް، 09 މާރޗް 2023 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 9/2023 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 59 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.


ޅ.ނައިފަރު / އެންގަލް މަރްޔަމް ލަޔާނަތު މުޙައްމަދު، މިއިދާރާގައި ފުރިހަމަކުރަމުންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މުއްދަތު އިތުރު ކޮށްދެއްވުން އެދި ހުށައަޅުއްވާފައިވާ މައްސަލައިގައި، މަރްޔަމް ލަޔާނަތުގެ މަސައްކަތާއި ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް ރިޕޯޓާއިއެކު ދެންއޮންނަ ޖަލްސާއަކަށް އެޖެންޑާކުރުމަށް ނިންމުން.


“ކެޕޭސިޓީ ބިލްޑިންގް ޕްރޮގްރާމް” ހިންގުމުގެ އުޞޫލު ފާސްކޮށްދެއްވުމަށް އެދި ހުށައަޅާފައިވާ މައްސަލަ ގެނެވުނު ބަދަލުތަކާއިއެކު ފާސްކުރުން.