މިދަންނަވާ ކަންތައްތައް، 22 އޮގަސްޓް 2024 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2024/17 ވަނަ އާއްމު ޖަލްސާ (4 ވަނަ ދައުރުގެ 97 ވަނަ އާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2025 ވަނަ އަހަރަށް ލަފާކޮށް ތައްޔާރުކޮށްފައިވާ މަސައްކަތު ތާވަލް އިތުރަށް މަޝްވަރާކޮށްލުމަށް ބޭނުންވާތީވެ، ފިސިކަލް ޖަލްސާއަކަށް އެޖެންޑާ ކުރުމަށް ފެންނަކަމަށް ނިންމުން.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު،2010/7  ގައިވާގޮތުގެ މަތިން ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ  2025 ން 2027 އަށް  ލަފާކުރާ މެދުރާސްތާ ބަޖެޓް  އިތުރަށް މަޝްވަރާކޮށްލުމަށް ބޭނުންވާތީވެ،  ފިސިކަލް ޖަލްސާއަކަށް އެޖެންޑާ ކުރުމަށް ފެންނަކަމަށް ނިންމުން.