މިދަންނަވާ ކަންތައްތައް، 18 މާރޗް 2025 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 5/2025 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 108 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން 9 މާރޗް 2025 ވަނަ ދުވަހު ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް ކޮޕީކޮށް މިއިދާރާއަށް ފޮނުވައިފައިވާ ނަންބަރު 494- LGSI/327/2025/4 ޖަވާބު ސިޓީގައި ، މަދްރަސަތުލް އިފްތިތާޙުގެ ގޯތިތެރޭގައި ފެންބޮޑުވާ މައްޞަލަ ޙައްލުކުރުމަށްޓަކައި ޅ.ސްޓޭޓް ހައުސް ގޯތިތެރޭގައި ހުރި ގައުތައް ބޭނުންކުރެއްވުން އެންމެ ރަނގަޅުކަމަށް ނިންމަވާފައިވާތީ ސިޓީގައި ދެންނެވިފައިވާ ގޮތަށް ސްޓޭޓް ހައުސްގެ ގޯތިތެރޭގައި އަތުރާފައިވާ ގައުތަށް ދޫކުރަން ފެންނަކަމަށް ނިންމުން.