މިދަންނަވާ ކަންތައްތައް، 26 ޖޫން 2025 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 12/2025 ވަނަ ޢާންމު ޖަލްސާ (4 ވަނަ ދައުރުގެ 115 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

 ކޮންމެ އަހަރަކު ޅ.އަތޮޅުގެ މަދަރުސާތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދަމުން ދިޔަ އިންޓަރސްކޫލް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތް މިއަހަރު ކުރިޔަށް ނުގެންދެވޭތީ، ޅ.ޗެމްޕިއަންޝިޕްގެ ނަމުގައި ފިރިހެނުންނަށް އަމާޒުކޮށްގެން ފުޓުބޯޅަ މުބާރާތެއް އަތޮޅު ފެންވަރުގައި ބޭއްވުމަށާއި، މުބާރާތުގެ ޤަވާޢިދު ޑްރާފްޓް ކުރުމަށާއި ބާއްވާނެ ތާރީޚެއް ކަނޑައަޅައި މުބާރާތުގެ ޗެމްޕިއަން ނުވަތަ ރަނަރއަޕް، ނައިންޓީން ޕްލަސް ގޯލްޑްކަޕްއަށް ކޮލިފައިކުރުމަށް ނަން ހުށައެޅުމަށް ނިންމުން.