ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (39/2017)
މިދަންނަވާ ކަންތައް 19 ސެޕްޓެމްބަރ 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 38/2017 ވަނަ (3 ވަނަ ދައުރުގެ 11 ވަނަ) ޢާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ޅ. އަތޮޅު ރައްޔިތުންގެ ނަމުގައި ގަނެފައިވާ 5112 ޙިއްސާގެ ފައިދާ ޖަމާކުރުމަށް ހުށަހަޅަންޖެހޭ ޑްރާފްޓްކޮށްފައިވާ ޤަރާރު ފާސްކުރުން
ޅ. އަތޮޅުމަދްރަސާގެ 2016 ވަނަ އަހަރުގެ އިނާމުދިނުމަށް ފައިސާގެ އެހީއަށް އެދި ހުޅުވާލާފައިވާ ފުރުޞަތުގައި -/3500 ރ. (ތިންހާސް ފަސްސަތޭކަ ރުފިޔާ) ގެ ފައިސާގެ އެހީއެއް އެޕްރޮގްރާމަށް ދިނުމަށް ނިންމުން
ފާދިއްޕޮޅު ސްޓޭޓް ހައުސް ފަންޑް ގެ ނަމުގައި ޓްރަސްޓް އެކައުންޓެއް ހުޅުވަން ފެންނަކަމަށާއި، މިހާރު ޑްރާފްޓްކުރެވިފައިވާގޮތަށް މިފަންޑްގެ ޓްރަސްޓް ސްޓޭޓްމަންޓް ފާސްކުރަން ނިންމުން.
ސަލާމް ލޯންޗް އޮޕަރޭޓްކުރުމަށް ހޯދާ ކޮންޓްރެކްޓް ފަޅުވެރިންނާ ޑްރައިވަރުން ހަޔަރ ކުރުމަށް އިޢުލާންކުރުމުންވެސް މީހުން ކުރިމަތި ނުލާތީ، އިޢުލާންކޮށްގެން ކޮންޓްރެކްޓަރެއް ލިބެންދެން (ކޮންޓްރެކްޓްގެ ޖުމްލަ އަގު 35000.00ރ އަށްވުރެ ބޮޑު ނުވާނަމަ) 3 ފަރާތުން އަގުބަލައިގެން ޚިދްމަތް ހޯދަންފެންނަކަމަށް ނިންމުން
ވިނަވި ސްކީމުގެ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށް މިހާރު އެކުލަވާލައިފައިވާ ކޮމެޓީ އުވައިލަން ފެންނަކަމަށާއި، މީގެފަހުން އެއެޕްލިކޭޝަންތައް އިވެލުއޭޓްކުރާ ފަރާތަކީ ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީކަމަށް ކަނޑައަޅަން ފެންނަކަމަށް ނިންމުން
ފާދިއްޕޮޅު ވިނަވި ސްކީމުން އަނބުރާ ދައްކާގޮތަށް ދޭ އެހީ ހޯދުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، ވަޒީފާގައި އުޅޭ ފަރާތްތަކުން ކޯސް ފުރިހަމަ ކުރުމާމެދު އިޢުތިރާޟް އޮތްތޯ ބެލުމަކީ، ކިޔަވައިދޭ މުއައްސަސާއިން ބަލަންޖެހޭ ކަމެއްކަމަށާ، ފައިސާ ދޫކުރާ ފަރާތުން ކަށަވަރު ކުރަންޖެހޭނީ، ކޯހުން ޕްލޭސްމެންޓް ލިބިފައިވޭތޯއާ އަނބުރައި ފައިސާ ދެއްކުމުގެ ޤާބިލުކަން ހުރިފަރާތެއްކަން، ކަމަށް ފެންނާތީ، ކޯސްފުރިހަމަ ކުރުމާއިމެދު، ވަޒީފާ އަދާކުރާ އޮފީހުގެ އިޢުތިރާޟެއް ނެތްކަމުގެ ސިޓީއެއް، އެހީއަށް އެދި ހުށަހަޅާ ފަރާތުން ހުށަހަޅަން އޮތުމުން، ބޭކާރު ތަކްލީފެއް ދަރިވަރަށް އުފުލަން ޖެހޭކަމަށް ފެންނާތީ، އެއީ ހުށަހަޅަން ނުޖެހޭ ލިޔުމެއްކަމަށް ކަނޑައަޅަން ފެންނަ ކަމަށް ނިންމުން.
ފަހުގެ ލިއުންތައް
- 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2026)
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- 2026 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2025ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެންބަރު 2025
- 2025 ޑިސެންބަރު މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- 2025 ނޮވެންބަރު، ޑިސެންބަރު މަހުގެ ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްޞާކުރި ކައުންސިލްތައް
- 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ނޮވެމްބަރ 2025
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން
