ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (5/2018)
މިދަންނަވާ ކަންތައް (14 ފެބްރުއަރީ 2018) ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018/03 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 24 ވަނަ ޢާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.
ލޯކަލް ކައުންސިލްތަކަށް 3 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުންނަށް މަޤާމަށް އަހުލުވެރިކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހިންގެވުމަށް ހަމަޖައްސަވާފައިވާ އޮރިއެންޓޭޝަން ޕްރޮގްރާމް، ބާއްވައިދިނުމަށް އެދި ލޯކަލް ގަވަރންމެންޓް އޮތީރިޓީއަށް ޕްރޮޕޯރސަލް ލެޓަރ ފޮނުވުމަށް ފެންނަކަމަށާ، އެ ޕްރޮޕޯރސަލްގައި އަތޮޅު ކައުންސިލްއިން ކުރާ ޚަރަދުގެ ގޮތުގައި ރަށުކައުންސިލްތަކުން އަންނަ ފަރާތްތަކުގެ ހުރުމާ ކެއުމުގެ ޚަރަދު އަތޮޅު ކައުންސިލްއިން ހަމަޖެއްސުމާއެކު، އެހެނިހެން ޚަރަދުތައް އެލް.ޖީ.އޭ.އިން ހަމަޖައްސައިދިނުމަށްއެދި ޕްރޮޕޯސަލެއް އެކުލަވައިލާ، ޕްރޮގްރާމް މިއަތޮޅުގައި ހިންގައިދިނުމަށް އެދި އެލް.ޖީ.އޭ.އަށް ރިކްއެސްޓް ލެޓަރ ފޮނުވަން ނިންމުން.
ފާދިއްޕޮޅު އަތޮޅުގެ/އަތޮޅުކައުންސިލް އިދާރާއިން ނީލަންކިއުމަށް ނަގާފައިވާ ތަކެތީގެ ލިސްޓްގައި އިންވެންޓްރީ ނަމްބަރު ނުޖަހައި ހުރި ތަކެތީގައި އިންވެންޓްރީ ނަމްބަރު ޖެހުމަށްފަހު، އެލިސްޓްގައި ކައުންސިލްއިން ޖަހާފައިވާ ފެށޭއަގުތަކާއެކު، ނީލަންލިސްޓް ފާސްކުރަން ނިންމުން.
އަތޮޅުކައުންސިލް އިދާރާގެ ސަލާމް ލޯންޗުން ނަގާފައިވާ 1 އިންޖީނާއި، މައިދޫ ލޯންޗުން ނަގާފައިވާ 1 އިންޖީނު އަދި އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާ އުވާލެއްވިއިރު އެއްވެސް ފަރާތަކާ ޙަވާލުނުކުރައްވައި އޮތް ބައު 2 އިންޖީނު ( ބައެއް ބައިތައް މަދު 2 އިންޖީނު )، މިއިންޖީނުތައް އެކުގައި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ފެންނަކަމަށާ، ނީލަން ފެށޭއަގުގެ ގޮތުގައި -/20،000ރ ފާސްކުރަން ނިންމުން.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން “ބާރު” ގެ ނަމުގައި ހިންގާ 3 އަހަދު ދުވަހުގެ ޕްރޮޖެކްޓާގުޅޭ 3 ދުވަހުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް 01 ފެބްރުއަރީ 2018 އަށް ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޙުސައިނު ވީއްލުމަށް ނިންމުން.
އެއްގަމާ ކަނޑުގައިދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓަރީ ހަދާދިނުމުގެ ޚިދުމަތް މިއިދާރާއިން ފެށުމަށް ބޭނުންވާތީ، އެޚިދުމަތް ދިނުމުގައި އިދާރީގޮތުން ނަގާފީގެ ގޮތުގައި -/200 ރުފިޔާ، ނެގުމަށް ނިންމުން.
ފަހުގެ ލިއުންތައް
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (އޮކްޓޯބަރ 2024)
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި އިރުގެ ހަކަތައިން (ސޯލަރ) ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވެއްޖެ
- ކައުންސިލް އޮފިސަރ (J-375637) މަޤާމަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓު)
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ވަޒީފާގެ ފުރުޞަތު -ކައުންސިލް އޮފިސަރ(J-375637)
- ކައުންސިލް އޮފިސަރ (J-375638) މަޤާމަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓު) – އިސްލާޙްކުރެވިފައި
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – އޮގަސްޓް 2024
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ސެޕްޓެމްބަރ 2024
- 2024 ސެޕްޓެމްބަރ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ސީނިއާ ކައުންސިލް އޮފިސަރ (J-375640) މަޤާމަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓު)
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (އޮކްޓޯބަރ 2024)
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި އިރުގެ ހަކަތައިން (ސޯލަރ) ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވެއްޖެ
- ކައުންސިލް އޮފިސަރ (J-375637) މަޤާމަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓު)
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ވަޒީފާގެ ފުރުޞަތު -ކައުންސިލް އޮފިސަރ(J-375637)