ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނިންމުން (25/2018)
މިދަންނަވާ ކަންތައްތައް، 24 އޮކްޓޯބަރ 2018 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2018/26 ވަނަ ޢާއްމު ޖަލްސާ (3 ވަނަ ދައުރުގެ 46 ވަނަ ޢާއްމުޖަލްސާ) އިން ވަނީ ނިންމާފައެވެ.
މިއަތޮޅުގެ ރައްޔިތުންނަށް ފާދިއްޕޮޅު އަތޮޅުއޮފީހުން ހައްދަވައިދެއްވާފައިވާ އުފަންދުވަހުގެ ސެޓްފިކެޓް (ކޮޕީ) ތައް، އެ ސެޓްފިކެޓެއް ނިސްބަތްވާ ރަށުކައުންސިލްއަކާއި ޙަވާލުކުރަން ނިންމުން.
ފާދިއްޕޮޅު ވިނަވި ސްކީމްގެ އަލަށް ކިޔަވާ ދަރިވަރުންނަށް ޚާއްޞަކުރެވިފައިވާ މާލީ އެހީދިނުމުގެ އުޞޫލުގެ 35 ވަނަ މާއްދާއާއި، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް މާލީއެހީ ދިނުމުގެ އުޞޫލުގެ 32 ވަނަ މާއްދާއަށް މިދަންނަވާ ބަދަލު ގެނައުމަށް ނިންމުން. (ކަނޑައެޅިފައިވާ މުއްދަތުގައި، އެއްވެސް ސަބަބަކާހުރެ، ކޯސް ފުރިހަމަ ނުކުރެވިގެން އިތުރަށް ހިނގާ މުއްދަތަށާ ރިޕީޓްކުރަންޖެހޭ މޮޑިޔުލްތައް ކިޔެވުމަށް، މި ސްކީމްގެތެރެއިން އިތުރު މާލީއެހީ ބޭނުންވާ ޙާލަތްތަކުގައި، އެފަދަ އެހީއަށްއެދި ސްކީމްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް ސިޓީއަކުން ހުށަހެޅިދާނެއެވެ. މި ސިޓީއާއެކުގައި، އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަން އަންގައިދޭ ލިޔުމެއް، ކިޔަވަމުންދާ މުއައްސަސާއިން ހޯދައި ހުށަހަޅަން ވާނެއެވެ. އެފަދަ އެހީއަށް އެއްވެސް ދަރިވަރަކު އެދިއްޖެ ހިނދެއްގައި، އެހީ ހަމަޖެއްސުމާއިމެދު ގޮތެއް ނިންމާނީ، ފާދިއްޕޮޅު އަތޮޅު ކައުންސިލްއިންނެވެ.) އަދި މިހާރު މިގޮތަށް އެހީ އިތުރުކުރުމަށް ހުށަހަޅާފައިވާ ފަރާތަށްވެސް ދެންނެވުނު ލިޔެކިޔުން ހުށަހެޅުމުން އެފަރާތުން އެދިފައިވާ-/13500 ރުފިޔާ (ތޭރަހާސް ފަސްސަތޭކަ) ސްކީމްގެ އެހީގެ ތެރެއަށް އިތުރުކޮށްދޭން ނިންމުން.
އޮޅުވެލިފުށީ ގޯލްސް ޖަމްޢިއްޔާއިން ބާއްވާ ކޮޕަރޭމަންސް 2018 ފުޓްބޯޅަ މުބާރާތައް އެހީދިނުމުގެ ގޮތުން ފާދިއްޕޮޅު އަތޮޅުކައުންސިލްގެ 2018 ވަނަ އަހަރުގެ 20 ވަނަ ޖަލްސާއިން ނިންމާފައިވާ ނިންމުން ބާޠިލްކޮށް، އެހީގެ ގޮތުގައި ކުރިން ދޭން ނިންމައިފައިވާ ޓްރޮފީއާ މެޑަލް ދިނުމުގެ ބަދަލުގައި އެތަކެތި ގަތުމަށް ބޭނުންވާ ފައިސާ -/8750 (އަށްހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާ ގޯލްސް ޖަމްޢިއްޔާއަށް ދޭން ނިންމުން.
އިންތިޚާބީ ރައީސް ހުވައިކުރެއްވުމުގެ ދަރުބާރަށް ރަސްމީ ދަޢުވަތު ލިބޭ މިއިދާރާގެ މުވައްޒަފުންނާއި ކައުންސިލަރުން، އެ ދަރުބާރަށް ޙާޟިރުވުމަށް ކުރާ ދަތުރުގެ ޚަރަދުތައް ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން، ކައުންސިލްގެ ބަޖެޓްތެރެއިން ހަމަޖައްސައިދިނުމަށް ނިންމުން.
15 ޞަފަރު 1440
ފަހުގެ ލިއުންތައް
- 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2026)
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- 2026 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2025ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެންބަރު 2025
- 2025 ޑިސެންބަރު މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- 2025 ނޮވެންބަރު، ޑިސެންބަރު މަހުގެ ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްޞާކުރި ކައުންސިލްތައް
- 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ނޮވެމްބަރ 2025
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން
