ފާދިއްޕޮޅު ވޮލީލީގު 2018 ޅ. ހިންނަވަރުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. 04 ޓީމް ބައިވެރިވެފައިވާ މިމުބާރާތް ކުރިން ބޭއްވުމަށް ހަމަޖެހިފައިއޮތީ ޅ. ނައިފަރު ގައެވެ. އެހެން ނަމަވެސް ނައިފަރު ވޮލީ ކޯޓުގެ މަރާމާތު މަސައްކަތްތަކެއް ކުރަމުންދާތީ މުބާރާތް ބޭއްވުމަށް މިވަގުތު ނައިފަރު ވޮލީކޯޓް ދޫކުރެވެން ނެތްކަމަށް ޅ. ނައިފަރު ކައުންސިލުން ފާދިއްޕޮޅު އަތޮޅު ކައުންސިލަށް އެންގެވުމާއި ގުޅިގެން، މުބާރާތް މިހާރު ހޯސްޓުކުރާ ގޮތަށް ހަމަޖެހިފައިވަނީ ޅ.ހިންނަވަރުގައެވެ.
މިމުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކުގެ ތެރޭގައި ހިންނަވަރު ވޮލީޓީމު، ހުރަވަޅި މޯލްޑިވްސް، ނައިފަރު ޖުވެނައިލް އަދި ކުރެއްދޫ ވޮލީބޯލް ކުލަބް ހިމެނެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް -/25000 ރުފިޔާ އަދި ރަނަރއަޕް ޓީމަށް -/10000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 15 ޑިސެމްބަރު 2018 ވާ ހޮނިހިރު ދުވަހުއެވެ.
ފަހުގެ ލިއުންތައް
- 2024 މާރޗް މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (މާރޗް 2024)
- 2024 ފެބުރުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން (ފެބުރުއަރީ 2024)
- 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން ބޭއްވި ކައުންސިލްތައް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ފެބުރުއަރީ 2024
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޖެނުއަރީ 2024
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2024)
- 2024 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2024 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅި ކައުންސިލްތައް