ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ފާދިއްޕޮޅު ޗެމްޕިއަންޝިޕް 2018 (21 އަހަރުން ދަށުގެ) ފުޓްބޯޅަ މުބާރާތުގައި ކޮންމެޓީމަކުން 1 މެޗްކުޅެ ނިމުނު އިރު މިވަގުތު ޕޮއިންޓް ޓޭބަލްގެ ކުރީގައި އުޅެނީ ކުރެންދޫ އާއި ހިންނަވަރެވެ. މިމުބާރާތް ކުރިއަށް ދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެއް ފައިނަލް ކުޅޭގޮތަށެވެ. ކުރެންދޫ އަދި ހިންނަވަރު ކޮންމެ ޓީމަކަށް 3 ޕޮއިންޓް ލިބިފައިވާއިރު ފައިދާގޯލުގެ ތަފާތުން ކުރީގައި އުޅެނީ ކުރެންދޫއެވެ. އޮޅުވެލިފުށި އަދި ނައިފަރަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
އިއްޔެ ކުޅެވުނު މިމުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހިންނަވަރު އަދި އޮޅުވެލިފުށި ޓީމެވެ. މިމެޗް 2-1 އިން ކާމިޔާބުކުރީ ހިންވަރު ޓީމެވެ. މިއަދު ކުޅެވުނު މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ މުބާރާތް ބާއްވާރަށް ކަމަށްވާ ކުރެންދޫގެ ޓީމާއި ނައިފަރުގެ ޓީމެވެ. މިމެޗް 4-2 އިން ކާމިޔާބުކުރީ ކުރެންދޫ ޓީމެވެ. މިމުބާރާތުގެ ތިންވަނަ މެޗުގައި މާދަމާ ބައްދަލުކުރާނީ އޮޅުވެލިފުށި ޓީމާއި ނައިފަރު ޓީމެވެ.
ޅ އަތޮޅުގެ ހަތަރު ރަށުން 04 ޓީމް ވާދަކުރާ މިމުބާރަތަކީ ޅ އަތޮޅުގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ މުބާރާތެކެވެ. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ ބަޖެޓުން އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު ޚަރަދެއް ކޮށްގެން ބާއްވާ މިމުބާރާތަކީ 21 އަހަރުންދަށަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މަޝްވަރާގެ މަތިން މިމުބާރާތް ރާވާ އިންތިޒާމްކުރާނީ އާޓްޒޯންގެ ފަރާތުންނެވެ.
ފަހުގެ ލިއުންތައް
- 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2026)
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- 2026 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2025ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެންބަރު 2025
- 2025 ޑިސެންބަރު މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- 2025 ނޮވެންބަރު، ޑިސެންބަރު މަހުގެ ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްޞާކުރި ކައުންސިލްތައް
- 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ނޮވެމްބަރ 2025
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން
