ޅ އަތޮޅު ރަށު ކައުންސިލްތަކުގެ ތެރެއިން 2018 ވަނަ އަހަރު އެންމެ ހިންގުންތެރި ކައުންސިލަކަށް ޅ.ކުރެންދޫ ކައުންސިލް
ފާދިއްޕޮޅު އަތޮޅު ކައުންސިލުން ހޮވި 2018 ވަނަ އަހަރުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލަކަށް ޅ. ކުރެންދޫ ކައުންސިލް ހޮވިއްޖެއެވެ. ލޯކަލް ކައުންސިލް ދުވަހުގެ މުނާސަބަތުގައި ރޭ ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާގައި ކުރެންދޫ ކައުންސިލުން މި އެވޯޑް ހާޞިލްކޮށްފައިވަނީ އެންމެ ހިންގުންތެރި ރަށުކައުންސިލް ހޮވުމުގައި ހެދި އިވެލުއޭޝަނުން 79.9% މާކްސް ހޯދައިގެންނެވެ.
ހިންގުން ތެރި ކައުންސިލް ހޮވުމުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލުން ހެދި އިވެލުއޭޝަންގައި ބަލާފައިވަނީ ކައުންސިލް ތަކުން އަހަރީ ކަންކަން ކަނޑައެޅިފައިވާ ސުންގަޑިއަށް ނިންމާ މިންވަރާއި، މުނިސިޕަލް ޚިދުމަތް ތަކުގެ ވޯކްލޯޑް ހުންނަ މިންވަރާއި، ކައުންސިލްއިން ހޯދި ޖުމްލަ އާމްދަނީ އާއި ކުރި ޚަރަދުން ބޮލަކަށް ޖެހޭ މިންވަރު އިތުރުވުމާއި، މަހުންމަހަށް އަދި ދުވަހުން ދުވަހަށް ފުރިހަމަކުރަންޖެހޭ ކައުންސިލްގެ މާލީ ލިޔެކިޔުންތައް ފުރިހަމަ ކޮށްފައިވާ މިންވަރާއި، ހަރުމުދަލާއި ސްޓޮކް ބެލެހެއްޓުން ތަރުތީބުވެ ފުރިހަމަ ވެފައިވާ މިންވަރާއި، މުވައްޒަފުންނާއި ގުޅޭ ލިޔެކިޔުންތައް ފުރިހަމަކޮށްފައިވާ މިންވަރާއި، ތަފާސްހިސާބު ނަގާ ބަލަހައްޓާ މިންވަރާއި، ކައުންސިލުން ރައްޔިތުންނަށް ޢާންމުކުރާ އަދި ޢާންމުކޮށް ހިއްޞާ ކުރާ މަޢުލޫމާތުގެ މިންވަރުގެ މަތިކަމާއި އަދި ކައުންސިލުން ފައިސާ ޚަރަދުކުރުން ޤަވާއިދަށް ފެތޭ މިންވަރުގެ މައްޗަށެވެ.
މިކެޓަގަރީ ތަކުން ކުރެންދޫ ކައުންސިލުންވަނީ 79.9% މާކްސް ހޯދާފައެވެ. އަދި ދެވަނައަށް އައި އޮޅުވެލިފުށި ކައުންސިލުން ވަނީ 55.32% މާކްސް ހޯދާފައެވެ. ތިންވަނަ އައި ނައިފަރު ކައުންސިލަށް ލިބިފައިވަނީ 51.64% އެވެ. އަދި ހިންނަވަރު ކައުންސިލަށް ލިބިފައިވަނީ 50.71% އެވެ.

ފާދިއްޕޮޅު އަތޮޅު ކައުންސިލުން ފާދިއްޕޮޅުގެ ރަށު ކައުންސިލްތައް އިވެލުއޭޓްކޮށް އެންމެ ހިންގުންތެރި ކައުންސިލް ހޮވުމުގެ މައިގަނޑު މަޤްޞަދަކީ ފާދިއްޕޮޅުގެ ރަށުކައުންސިލްތައް ޒިންމާދާރު ކުރުވުމާއި، ތަރައްޤީގެ ރޫޙްގައި ދޭދޭ ކައުންސިލްގެ ދެމެދުގައި ތަރައްޤީގެ ވާދަވެރިކަން އުފެއްދުމާއި، ކައުންސިލްތަކުގެ ޒިންމާ އަދާކުރާ މިންވަރު އަޅައިކިޔޭނޭ އުޞޫލަކުން ރައްޔިތުންނަށް މަޢުލޫމާތު ތިލަކޮށްދިނުމާއި އަދި ރަނގަޅަށް މަސައްކަތްކުރާ ކައުންސިލްތަކުގެ މަޢުލޫމާތު ޢާންމުކޮށް އަގު ވަޒަންކުރުމެވެ. މީއީ މިފަދަގޮތަކަށް ފާދިއްޕޮޅު ރަށު ކައުންސިލްތައް އިވެލުއޭޓްކުރެވުނު ފުރަތަމަ ފަހަރެވެ.
ފަހުގެ ލިއުންތައް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – މެއި 2026
- މޮނިޓަރިންގ ރިޕޯޓް 2024-2025 – ޅ.ކުރެންދޫ
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – އޭޕްރީލް 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން އެޕްރިލް 2026
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (މާރޗް، އެޕްރީލް 2026)
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – މާރޗް 2026
- 2026 މާރޗް މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން މާރޗް 2026
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ފެބުރުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ފެބުރުވަރީ 2026
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން އެޕްރިލް 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން މާރޗް 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ފެބުރުވަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
