ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ފަރާތުން ޅ އަތޮޅު ޕްރީސްކޫލްތަކަށް އެހީތެރިވުމުގެ ޕްރޮގްރާމެއް ހިންގާފި
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ފަރާތުން ޅ އަތޮޅު ޕްރީސްކޫލްތަކަށް އެހީތެރިވުމުގެ ޕްރޮގްރާމެއް ހިންގާފިއެވެ. ޖުމްލަ 160000 ރުފިޔާ ޚަރަދުކުރާ މިޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޅ އަތޮޅު ޕްރީސްކޫލްތަކަށް ހޯދަންބޭނުންވެފައިވާ ތަކެތި ހޯދުމަށް މާލީގޮތުން އެހީތެރިކަމެއް ފޯރުކޮށްދީ، ޕްރީސްކޫލްތަކުގެ ވަޞީލަތްތައް ތަރައްޤީކުރުމަށް ޅ އަތޮޅު ކައުންސިލްގެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ އެހީ ފޯރުކޮށްދީފައިވަނީ ޅ ހިންނަވަރު ފަންނު ޕްރީސްކޫލަށެވެ. 23 އޯގަސްޓް 2015 ވީ އާދީއްތަ ދުވަހު ޅ ހިންނަވަރު ފަންނު ޕްރީސްކޫލް ގޯތިތެރޭގައި ބޭއްވުނު ހަފްލާއެއްގައި އެހީގެ ވައުޗަރ ހަވާލުކޮށްދެއްވީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް މުޙައްމަދުކޮއި އެވެ. އެހީގެ ވައުޗަރ އާއި ހިންނަވަރު ކައުންސިލްގެ ފަރާތުން ހަވާލުވެލެއްވީ ހިންނަވަރު ކައުންސިލްގެ ރައީސް އަލްފާޟިލް އާދަމް ޔޫސުފް އެވެ.
މިޕްރޮގްރާމްގެ ދަށުން ދެވަނައަށް އެހީ ފޯރުކޮށްދީފައިވަނީ ޅ ކުރެންދޫ ހަބުޝީ ޕްރީސްކޫލަށެވެ. 24 އޯގަސްޓް 2015 ވީ ހޯމަ ދުވަހު ހެދުނު ޅ ކުރެންދޫ ހަބުޝީ ޕްރީސްކޫލް ގޯތިތެރޭގައި ބޭއްވުނު ހަފްލާއެއްގައި އެހީގެ ވައުޗަރ ހަވާލުކޮށްދެއްވީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް މުޙައްމަދުކޮއި އެވެ. ރަށުކައުންސިލާއި އަތޮޅު ކައުންސިލްގެ މެންބަރުންނާއި ޕްރީސްކޫލް ދަރިވަރުން ބައިވެރިވި މިހަފްލާގައި އެހީގެ ވައުޗަރ އާއި ކުރެންދޫ ކައުންސިލްގެ ފަރާތުން ހަވާލުވެލެއްވީ ކުރެންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިސްމާއިލް މަދީހު އެވެ.
މިޕްރޮގްރާމްގެ ދަށުން 24 އޯގަސްޓް 2015 ވީ ހޯމަދުވަހު 11:00 ގައި ޅ އޮޅުވެލީށީ ޕްރީސްކޫލަށް ވެސް ވަނީ އެހީގެ ވައުޗަރ ހަވާލުކުރެވިފައެވެ. ޕްރީސްކޫލްގެ ދަރިވަރުންނާއި ރަށުކައުންސިލާއި އަތޮޅު ކައުންސިލްގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވި މިހަފްލާގައި އެހީގެ ވައުޗަރ އޮޅުވެލިފުށީ ކައުންސިލްގެ ރައީސްއާއި ހަވާލުކޮށްދެއްވީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް މުޙައްމަދުކޮއި އެވެ.
މިޕްރޮގްރާމްގެ ދަށުން ޅ ނައިފަރުގައި ހިންގަމުންދާ ނޫރާނީ ޕްރީސްކޫލަށާއި، ރޯޝަނީ ޕްރީސްކޫލަށްވެސް ވަނީ އެހީތެރިކަން ފޯރުކޯށްދީފައެވެ. މިގޮތުން 25 އޯގަސްޓް 2015 ވީ އަންގާރަ ދުވަހު މިދެސްކޫލްގައި ވަކިވަކިން ބޭއްވުނު 2 ހަފްލާގައި އެހީގެ ވައުޗަރ ނައިފަރު ކައުންސިލްއާއި ހަވާލުކޮށްދެއްވީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް މުޙައްމަދުކޮއި އެވެ. ނައިފަރު ކައުންސިލްގެ ފަރާތުން އެހީގެ ވައުޗަރ އާއި ހަވާލުވެލެއްވީ ނައިފަރު ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް މުހައްމަދު ނޫރުﷲ އަބްދުﷲ އެވެ.
ފަހުގެ ލިއުންތައް
- 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (ޖެނުއަރީ، ފެބުރުއަރީ 2026)
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- 2026 ޖެނުއަރީ މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- 2025ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ޑިސެންބަރު 2025
- 2025 ޑިސެންބަރު މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- 2025 ނޮވެންބަރު، ޑިސެންބަރު މަހުގެ ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓް ރައްޔިތުންނާ ޙިއްޞާކުރި ކައުންސިލްތައް
- 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓް
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ނޮވެމްބަރ 2025
- ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އައި.ޓީ އިކްއިޕްމަންޓް ގަތުމަށް ބޭނުންވެއްޖެ
- ބިޑް ކޮމިޓީގެ ނިންމުން އިޢުލާން ކުރުން







