މިދަންނަވާ ކަންތައް، 21 އެޕްރީލް 2022 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 3/2022 ވަނަ ޢާއްމު ޖަލްސާ (4 ވަނަ ދައުރުގެ 29 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  • ފާދިއްޕޮޅު އަތޮޅުކައުންސިލްގެ ނައިބުރައީސަކު އިންތިޚާބު ކުރުމަށްޓަކައި، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ ނައިބުރައީސްކަމަށް ކުރިމަތިލެއްވި 3 މެމްބަރުންގެ ވޯޓްގެ ފުރަތަމަބުރުގައި ދެމެމްބަރުންގެ ވޯޓް އެއްވަރުވެފައިވާތީ، ވޯޓް އެއްވަރުވި ދެ މެމްބަރުންގެ މެދުގައި ވޯޓްލުން އަލުން ކުރިޔަށް ގެންގޮސް، ނައިބުރައީސަކު ހޮވުމަށް ބޭއްވުނު އިންތިޚާބުގެ ދެވަނަބުރު ކާމިޔާބު ކުރެއްވުމާއި ގުޅިގެން، ނައިފަރު ދާއިރާގެ މެމްބަރ އަލްފާޟިލް މުޙައްމަދު ރަޝީދު ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ނައިބުރައީސްގެ މަޤާމަށް އިންތިޚާބު ކުރެވުނެވެ. (މިއިންތިޚާބުގައި ނައިފަރު ދާއިރާގެ މެމްބަރ އަލްފާޟިލް މުޙައްމަދު ރަޝީދު އަށް ލިބިވަޑައިގަތީ 03 ވޯޓެވެ. އޮޅުވެލިފުށީ ދާއިރާގެ މެމްބަރ އަލްފާޟިލް މުޙައްމަދު ޢާޡިމް އަށް ލިބިވަޑައިގަތީ 02 ވޯޓެވެ.)

ސިވިލްސަރވިސް ކޮމިޝަނުން ޢާއްމުކޮށްފައިވާ “ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލާނޭ ގޮތުގެ މިންގަނޑު 2022” ގައިވާ ގޮތުގެމަތިން އެކުލަވާ ލާފައިވާ ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ އޮނިގަނޑު ކައުންސިލްގެ އިއްތިފާޤުން ފާސްކުރުން.