މިދަންނަވާ ކަންތައްތައް، 29 އެޕްރީލް 2024 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2024/6 ވަނަ އާއްމު ޖަލްސާ (4 ވަނަ ދައުރުގެ 86 ވަނަ އާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  1. ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސިޓީ ނަންބަރު :  221/LMI/231/2024/5  ގުޅިގެން އިސްލާހު ކުރަންޖެހޭކަމަށް އެ އޮތޯރިޓީއިން ފާހަގަ ކުރެވިފައިވާ މައްސަލަތަކާއި މެދު ކައުންސިލްގައި މަޝްވަރާކުރެވި، އިދާރީ ގޮތުން ރަނގަޅުކުރަންޖެހޭ ކަންތައް ރަނގަޅު ކުރުމަށް އެއްބަސްވުން.

ސިވިލް ސަރވިސް ކޮމިޝަންގެ ސަރކިއުލަރ ނޯޓް ނަންބަރު: 188-ODS/CIR/2024/22 ސިޓީގައިވާ ގޮތުގެ މަތިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިންމާއި ގުޅޭ ގޮތުން ކޮމިޝަނާއިއެކު މަޝްވަރާކުރުމަށްފަހު އެފަދަ ފަރާތަކަށް ހަމަޖައްސައިދެވިދާނެ ވަޒީފާގެ ފުރުސަތެއް ކަނޑައެޅުމުގެ ކަންކަން އިދާރީގޮތުން ކުރިއަށްގެދިއުމަށް ފެންނަކަމަށް ނިންމުން.