މިދަންނަވާ ކަންތައްތައް، 30 މެއި 2024 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2024/9 ވަނަ އާއްމު ޖަލްސާ (4 ވަނަ ދައުރުގެ 89 ވަނަ އާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ފާދިއްޕޮޅު ވިނަވި ސްކީމްގެ ދަށުން މާލީއެހީ ދީފައިވާ ބައެއް ފަރާތްތަކުން ޤަވާއިދުން ފައިސާ ދައްކަމުން ނުދާތީ ފޮނުވުނު ސިޓީ ތަކާއި ގުޅިގެން،  ބައެއް ފަރާތްތަކުން ފައިސާ ދެއްކުމަށް ލުއިގޮތްތަކެއް ހޯދުމަށް އެދިފައިވާތީ،  އެގޮތަށް އެދި ހުށަހަޅަމުންދާ ފަރާތްތަކަށް އިދާރީ ގޮތުން ކަންހިނގާފައިވާ ގޮތް ބެލުމަށްފަހު އަނބުރާ ދައްކާގޮތަށް ދޫކުރެވިފައިވާ މާލީއެހީ އަނބުރާދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ދިގުނުވާނެގޮތަށް ބަހާލައިގެން ނުދެއްކިވާ ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެއްސުމަށާއި، އެފަދަ ފަރާތްތަކުން ފައިސާ އަނބުރާ ދައްކަންޖެހޭ ގޮތުގެ ތާވަލް އަލުން މުރާޖަޢާކޮށް ފައިސާ ދެއްކުމާގުޅޭ އެންމެހާ އިންތިޒާމްތައް އިދާރީގޮތުން ކުރިޔަށް ގެންދިއުމަށް ނިންމުން.