މިދަންނަވާ ކަންތައްތައް، 26 އޮގަސްޓް 2024 ގައި ބޭއްވި، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2024/18 ވަނަ އާއްމު ޖަލްސާ (4 ވަނަ ދައުރުގެ 98 ވަނަ އާއްމު ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  1. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2025 ވަނަ އަހަރަށް ލަފާކޮށް ތައްޔާރުކޮށްފައިވާ މަސައްކަތު ތާވަލަށް ގެނެވިފައިވާ ބަދަލުތަކާއިއެކު ފާސްކުރަން ފެންނަކަމަށް ނިންމުން.
  2. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު، 2010/7 ގައިވާގޮތުގެ މަތިން 2025 ން 2027 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓް : ރިކަރެންޓް ޚަރަދުގެ ގޮތުގައި 14،640،344 (ސާދަ މިލިއަން ހަސަތޭކަ ސާޅީސްހާސް ތިންސަތޭކަ ސާޅީސް ހަތަރު ރުފިޔާ) އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3،265،100 (ތިން މިލިއަން ދެ ލައްކަ ފަސްދޮޅަސްފަސްހާސް އެއްސަތޭކަ ރުފިޔާ) މުޅިޖުމްލަ 17،905،444 (ސަތާރަ މިލިއަން ނުވަލައްކަ ފަސް ހާސް ހަތަރުސަތޭކަ ސާޅީސް ހަތަރު ރުފިޔާ) ފާސްކުރަން ފެންނަކަމަށް ނިންމުން
  3. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 31 ވަނަ ޤުރްއާން މުބާރާތުގެ ޤަވާއިދާއި އުސޫލަށް ގެނެވިފައިވާ ބަދަލުތަކާއި އެކު ފާސްކުރުމަށާއި 24-25 ސެޕްޓެމްބަރ 2024 އަށް ޅ. ހިންނަވަރުގައި ބޭއްވުމަށް ފެންނަކަމަށް ނިންމުން.