ޅ އަތޮޅު ކައުންސިލުން އިސްނަގައިގެން ޅ އަތޮޅުގައި ފުރަތަމަ ފަހަރަށް ލޯކަލް ކައުންސިލް ދުވަސް ފާހަގަކޮށްފިއެވެ.

ލޯކަލް ކައުންސިލް ޤާނޫނަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި ވޭތުވެ ދިޔަ އަހަރު ކައުންސިލުން ހިންގާފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާކުރުމާއި ކުރިއަށް އޮތް އަހަރު ކައުންސިލުން ހިންގަން ކަނޑައަޅާފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާކުރުމާއި ކައުންސިލާއި ރައްޔިތުންނާއި ގުޅުންބަދަހިކުރުމުގެ މަޤްޞަދުގައި މިދުވަސް މިއަހަރު ފާހަގަކޮށްފައިވަނީ ޅ އަތޮޅުވެލިފުށީގައެވެ. މިދުވަސް ފާހަގަކުރުމުގެ ހަރަކާތެއްގެ ގޮތުގައި ފުޓުބޯޅަމެޗަކާއި ޚާއްޞަ ޖަލްސާއެއް ބޭއްވުނެވެ.

ލޯކަލް ކައުންސިލް ދުވަސް ފާހަކުރުމަށް ފާހަގަކުރުމުގެ ގޮތުން އޮޅުވެލިފުށީ ފުޓްބޯޅަ ދަނޑުގައި 25 ފެބުރުއަރީ 2015 ވަނަ ދުވަހު ހަވީރު 4:00ގައި އޮޅުވެލިފުށި ރަށުތެރެއިން ހޮވާލެވުނު ޓީމަކާއި އޮޅުވެލިފުށީ ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެގެން އެކުލަވާލެވުނު 2 ޓީމާ ދެމެދު ފުޓުބޯޅަ މެޗެއް ކުޅެވުނެވެ. މިމެޗް ޝަރަފްވެރި ކޮށްދެއްވާފައިވަނީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް މުޙައްމަދުކޮއި އެވެ. އަދި ދައުވަތު އެރުވިގެން ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ އިދާރީ ބައެއް މުވައްޒަފުންނާ ނައިފަރު ކައުންސިލްގެ މެންބަރަކާއި އަދި ހިންނަވަރު ކައުންސިލްގެ 2 މެމްބަރުންނާއި، އޮޅުވެލިފުށީ ރައްޔިތުން ބައިވެރިވިއެވެ. މިމެޗް 3-2 އިން ކާމިޔާބުކުރީ ކައުންސިލްގެ ޓީމެވެ.

ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ޖަލްސާ އޮތީ 25 ފެބުރުއަރީ 2015 ދުވަހުގެރޭ 20:45 ގައި ޅ. އޮޅުވެލިފުށީ މަދުރަސާގެ ހުޅަނގުންއޮތް އޯޕަން އޭރިޔާގައެވެ. މިޖަލްސާގައި ވޭތުވެދިޔަ އަހަރު ފާދިއްޕޮޅު އަތޮޅު ކައުންސިލުން ހިންގި ހަރަކާތްތަކާއި ކުރިއަށް އޮތް އަހަރު ކައުންސިލުން ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަންއެއް ރައްޔިތުންނަށް ހުށަހެޅުނެވެ. މިޖަލްސާ ޝަރަފްވެރިކޮށްދެއްވީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާޙިމް މުޙައްމަދުކޮއި އެވެ.

ލޯކަލްކައުންސިލް ދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަރަކާތް ތަކުގައި ބައިވެރިވުމަށް ނައިފަރު، ކުރެންދޫ، ހިންނަވަރު ކޮންމެ ކައުންސިލަކުން 2 ބޭފުޅުންނަށް ދައުވަތުއެރުވުނެވެ. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރީ މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ދައުވަތު ދެވުނެވެ. އަދި އޮޅުވެލިފުށީ ކައުންސިލްގެ މެމްބަރުންނާ އެއިދާރާގެ ސިވިލް ސާރވީސް މުވައްޒަފުންނާއި އެރަށު ހުރިހާ އޮފީސްތަކެއްގެ މުވައްޒަފުންގެ އިތުރުން އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އޮޅުވެލިފުށީމަދުރަސާގެ ވެރިންނާ ޓީޗަރުން އަދި ގްރޭޑް 7،8،9،10 ގެ ދަރިވަރުނަށް ދައުވަތުއެރުވިފައިވެއެވެ.