މިދަންނަވާ ކަންތައް 20 ޖެނުއަރީ 2016 ވީ ބުދަ ދުވަހު ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 03/2016 ވަނަ ޢާއްމުޖަލްސާ (ދެވަނަ ދައުރުގެ 95 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

މިއިދާރާގެ ސަލާމްލޯންޗް މަރާމާތު ކުރުމަށްފަހު، ފައިބަރ ގްލާސް ފެބްރިކޭޝަންއިން ހުށަހަޅާފައިވާ ކޯޓޭޝަންގައިވާ ފައިސާ 54,653/60 (ސައުރަވަންނަހާސް ހަސަތޭކަ ތޭވަންނަރުފިޔާ / ފަސްދޮޅަސްލާރި) އަތޮޅުކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަދުކުރުމަށް ނިންމުން.

2016 ވަނަ އަހަރުގެ ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ އަހަރީ މަސައްކަތުތާވަލް ފާސްކުރުން.