މިދަންނަވާ ކަންތައް 03 ފެބްރުއަރީ 2016 ވީ ބުދަ ދުވަހު ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 05/2016 ވަނަ ޢާއްމުޖަލްސާ (ދެވަނަ ދައުރުގެ 97 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާއާއި، ފާދިއްޕޮޅު އަތޮޅުގޭގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސްކޮށްގެން ބަލަހައްޓަވާގޮތަށް  ނިންމުން.

ޤުރުއާން ކިޔެވުމުގެ އަތޮޅުމުބާރާތަށް ކުރެންދޫ ތަމްޘީލްކުރާ 15 ދަރިވަރުން ކަނޑައެޅުމަށް، ކުރެންދޫ ކައުންސިލްގެ ފަރާތުން ބާއްވާ ޤުރުއާންމުބާރާތަށް އަތޮޅުކައުންސިލުންދޭ އެހީއެއްގެގޮތުގައި ފައިސާގެ އެހީއެއް ދިނުމަށާއި، ފައިސާގެ ޢަދަދު ކައުންސިލްގެ އިދާރީބައްދަލުވުމަކުން ކަނޑައެޅުމަށް ނިންމުން.

ހިންނަވަރު ކައުންސިލްގެ އިދާރާއިން “ހިންނަވަރު ކައުންސިލް ޗެލެންޖް ކަޕް” ގެ ނަމުގައި ކުރިޔަށް ގެންދަވާ ފުޓްބޯޅަމުބާރާތަށް އަތޮޅުކައުންސިލުންދޭ އެހީއެއްގެގޮތުގައި ފައިސާގެ އެހީއެއް ދިނުމަށާއި، ފައިސާގެ ޢަދަދު ކައުންސިލްގެ އިދާރީބައްދަލުވުމަކުން ކަނޑައެޅުމަށް ނިންމުން.