މިދަންނަވާ ކަންތައް 10 ފެބްރުއަރީ 2016 ވީ ބުދަ ދުވަހު ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 06/2016 ވަނަ ޢާއްމުޖަލްސާ (ދެވަނަ ދައުރުގެ 98 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ސިވިލްސަރވިސް ކޮމިޝަންގެ ޙަވާލާދޭ ނަންބަރު 188-A/231/2012/13 (9-8-2012) ސިޓީން ފާސްކުރައްވާފައިވާ ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ އިދާރީ އޮނިގަނޑުގައި ހިމެނިފައިވާ 2 ޑިރެކްޓަރުންގެ ތެރެއިން އެޓޯލް ޑިވެލޮޕްމަންޓް ސަރވިސް ޑިރެކްޓަރގެ ބަދަލުގައި އުފައްދަވާފައިވާ ޕްރޮޖެކްޓް އޮފިސަރގެ މަޤާމް އުވާލުމަށްފަހު ކުރިންވެސް މިއިދާރާގެ އިދާރީ އޮނިގަނޑުގައި ހިމަނާފައިވާ އެޓޯލް ޑިވެލޮޕްމަންޓް ސަރވިސްގެ ޑިރެކްޓަރގެ މަޤާމް އުފައްދާ މިކައުންސިލްގެ އިދާރީ އޮނިގަނޑަށް އެމަޤާމް އިތުރުކުރުމަށާއި، އަދި ސިވިލްސަރވިސް ކޮމިޝަންގެ 31 ޖެނުއަރީ 2016 ގައި ފޮނުއްވާފައިވާ 1/2016 ނަންބަރ ސަރކިއުލަރއަށް ވީ އެންމެ އަވަސް ފުރުޞަތެއްގައި ޢަމަލުކުރުމަށް ނިންމުން.