މިދަންނަވާ ކަންތައް 24 ފެބްރުއަރީ 2016 ވީ ބުދަ ދުވަހު ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 08/2016 ވަނަ ޢާއްމުޖަލްސާ (ދެވަނަ ދައުރުގެ 100 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ޅ. ނައިފަރު ހުޅަނގުގޭ އާދަމް މުޙައްމަދުފުޅާއި، ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާއާއި ދެމެދު ވެވިފައިވާ އިންޖީނު ސަރވިސް ސެންޓަރ ކުއްޔަށް ދިނުމުގެ ނަންބަރ (ARG)231-ED/PRIV/2014/5 (26 ނޮވެމްބަރ 2014) އެއްބަސްވުމުގެ 7 ވަނަ ނަންބަރާ ޙަވާލާދީ އެޢިމާރާތުގައި “ޤުރުއާންކުލާހެއް” ހިންގުމުގެ ހުއްދައަށްއެދި ހުށަހަޅައިފައިވާތީ، ޅ. ނައިފަރު ހުޅަނގުގޭ އާދަމް މުޙައްމަދުފުޅު ހުށަހަޅާފައިވާގޮތުގެމަތިން، އެޢިމާރާތުގައި ޤުރުއާންކުލާހެއް ހިންގުމުގެ ހުއްދަ  ދިނުމަށް ނިންމުން.