މިދަންނަވާ ކަންތައް 09 މާރިޗް 2016 ވީ ބުދަ ދުވަހު ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 10/2016 ވަނަ ޢާއްމުޖަލްސާ (ދެވަނަ ދައުރުގެ 102 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ލޯކަލް ކައުންސިލް ދުވަސް 2016 ފާހަގަކުރުމަށް އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓުން ހުށަހަޅާފައިވާ އަންދާޒާ ބަޖެޓްގައިވާ 32,000/- (ބައްތިރީސްހާސް) ރުފިޔާ އަތޮޅުކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަދުކުރުމަށް ނިންމުން.

މިއިދާރާގެ ސަލާމްލޯންޗް މާލެކުރިދަތުރުގައި ގިއަރުހަލާކުވެގެން، މަރާމާތުކޮށްދީ ގިއަރު އަޅުވާދިނުމަށް ޔަމަހާ ސޭލްސް އެންޑް ސަރވިސް ސެންޓަރއިން ހުށަހަޅާފައިވާ ކޯޓޭޝަންގައިވާ 31,660/12 (އެއްތިރީސްހާސް ހަސަތޭކަ ފަސްދޮޅަސްރުފިޔާ / ބާރަލާރި) އަތޮޅުކައުންސިލްގެ އާމްދަނީ އެކައުންޓުން ޚަރަދުކުރުމަށް ނިންމުން.

2015 ވަނަ އަހަރުގެ ކޭމްބްރިޖް އޯލެވެލް އިމްތިޙާނާއި، 2015 ވަނަ އަހަރުގެ އެސް. އެސް. އީ. އިމްތީޙާނުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ޅ. އަތޮޅު މަދްރަސާތަކުގެ ދަރިވަރުންނަށް، އެކަމުގެ އަގުވަޒަންކުރުމުގެގޮތުން އިނާމެއްދިނުމަށާއި، އިނާމެއް ކަނޑައަޅާނީ އިދާރީބައްދަލުވުމަކުންކަމަށް ނިންމުން.