ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ފާދިއްޕޮޅު ތަމްޘީލް ކުރުމަށް ބައިވެރިން ހޮވުމަށް އޮޑިޝަނެއް ބާއްވާފި
31 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ފާދިއްޕޮޅު ތަމްޘީލް ކުރުމަށް ބައިވެރިން ހޮވުމަށް އޮޑިޝަންއެއް ބާއްވާފިއެވެ. 20 އޯގަސްޓް 2016 ވަނަ ދުވަހު މިއޮޑިޝަން ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވުމަށް ފޯމް ހުށަހަޅާފައިވާ 02 ރަށް ކަމަށްވާ ޅ.ހިންނަވަރާއި ޅ.ނައިފަރުގައެވެ.
ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި އަތޮޅުގެ ހުރިހާ ރަށެއްގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ހޯދާދިނުމާއި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި އަތޮޅުން ވާދަކުރާ ދަރިވަރުންނަކީ ފެންވަރު ރަގަޅު ދަރިވަރުންނަށް ހެދުމާއި އަދި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި އަތޮޅުން ވާދަކުރާނެ ފެންވަރު ރަގަޅު ދަރިވަރުންތައްޔާރުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު މި އޮޑިޝަންގައި ބައިވެރިވުމަށް ހިންނަވަރުން 29 ބައިވެރިން، ނައިފަރުން 24 ބައިވެރިން ފޯމް ހުށަހަޅާފައި ވެއެވެ. ކުރިން ހަމަޖެހިފައި އޮތްގޮތުން އޮޑިޝަންގެ ކިޔެވުން ނައިފަރުގައި ކުރިޔަށް ގެންދާގޮތަށް ހަމަޖއްސައިފައި ވީ ނަމަވެސް އަތޮޅުކައުނސިލުން އެރަށެއްގެ ބައި އެރަށެއްގައި ކުރިޔަށް ގެންދާގޮތަށް ފަހުންވަނީ ނިންމަވާފައެވެ. މިއޮޑިޝަންގައި ބައިވެރިވެފައިވަނީ ފޮތުން ކިޔެވުން 10 ފޮތުގެބައިގައި 36 ބައިވެރިންނެވެ. 20 ފޮތުގެ ބައިގައި 5 ބައިވެރިންނެވެ. ހިތުންކިޔެވުން 5 ފޮތުގެ ބައިގައި 12 ބައިވެރިންނެވެ.
މިގޮތުން ހިންނަވަރުގެ އޮޑިޝަން ބޭއްވީ ޅ. އަތޮޅު ތަޢުލީމީމަރުކަޒުގެ އޭ.ވީ. ރޫމްގައި 20 އޯގަސްޓް 2016 9:45 ން 12:15 އަށެވެ. ހިންނަވަރުން މިއޮޑިޝަންގައި ބައިވެރިވުމަށްއެދި ހުށަހެޅި 29 ބައިވެރިންގެ ތެރެއިން 24 ބައިވެރިން ކިޔެވިއެވެ.
ނައިފަރުގެ އޮޑިޝަން ބޭއްވުނީ އަތޮޅުކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލްގައެވެ. ނައިފަރުން މިއޮޑިޝަންގައި ބައިވެރިވި 24 ބައިވެރިންގެ ތެރެއިން 22 ބައިވެރިން ކިޔަވާފައިވެއެވެ. ނައިފަރު އޮޑިޝަން ފެށުނީ 14:45 ގައެވެ. ނިމުނީ 18؛15 ގައެވެ.
31 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމަށް ހޮވިފައިވަނީ ފޮތުން ކިޔެވުން ވިދިވިދިގެން 10 ފޮތުގެބައިން ޅ. ހިންނަވަރު ހުޅަނގުހިޔާ އާމިނަތު ހިދާ ޙުސައިނާއި، ޅ. ނައިފަރު ދަންމަރުގެ މުޙައްމަދު ނަބްހާން އެވެ. ފޮތުން ކިޔެވުން ވިދިވިދިގެން 20 ފޮތުގެބައިން ހޮވިފައިވަނީ ޅ. ހިންނަވަރު ސޭވް ޙިމްޔާން އިބްރާހީމާއި، ޅ. ހިންނަވަރު ހެލެގެނލި މަރްޔަމް ޝަބާ މުޙައްމަދެވެ. ހިތުން ކިޔެވުން ވިދިވިދިގެން 5 ފޮތުގެބައިން ހޮވިފައިވަނީ ޅ. ނައިފަރު މަނާރު ފާޠިމަތު ޙަޔާއު ޙަމްދުﷲ މުޙައްމަދާއި، ޅ. ނައިފަރު މީނާޒް މުޙައްމަދު އީހާބު މަޙްމޫދެވެ.
މިއޮޑިޝަންގައި ފަނޑިޔާރުކޮށްދެއްވީ ކުރެންދޫގައި ހުންނަވާ އިންޑިޔާގެ ޤާރީ މުޙައްމަދު އަޙްމަދާއި، ނައިފަރުގައި ހުންނަވާ ޕާކިސްތާނުގެ ޤާރީ މުޙައްމަދު ޚާން ޢާސިމްއެވެ.
ފަހުގެ ލިއުންތައް
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – މެއި 2026
- މޮނިޓަރިންގ ރިޕޯޓް 2024-2025 – ޅ.ކުރެންދޫ
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – އޭޕްރީލް 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން އެޕްރިލް 2026
- ފާދިއްޕޮޅު އަތޮޅު ތަރައްޤީ ޕްލޭނުން ޙާޞިލްވަމުންދާ މިންވަރު (މާރޗް، އެޕްރީލް 2026)
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – މާރޗް 2026
- 2026 މާރޗް މަހުގެ ނިޔަލަށް ފާދިއްޕޮޅުގެ އާބާދީ
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން މާރޗް 2026
- ލިބޭފައިސާއާއި ޚަރަދުގެ ރިޕޯޓް – ފެބުރުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ފެބުރުވަރީ 2026
އެހެނިހެން މަޢުލޫމާތު
ފަހުގެ ޚަބަރުތައް
- ފާދިއްޕޮޅު ތަރައްޤީގެ މަހާސިންތާ 2022 ނިންމާލައިފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި
- ލޯކަލް ކައުންސިލް ދުވަހުގެ ޚާއްޞަ ޖަލްސާ ބާއްވައިފި
- ފާދިއްޕޮޅުގެ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ހަތަރު ފަރާތަކުން ސީއެސްއާރު އެވޯޑް ހާސިލްކޮށްފި
- ފާދިއްޕޮޅު ކައުންސިލްތަކުގެ ސްޓާފް އޮފް ދަ އިޔަރ އިޢުލާންކޮށް އެވޯޑްދީފި
އިޢުލާނާއި ދެންނެވުން
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން އެޕްރިލް 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން މާރޗް 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ފެބުރުވަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޖެނުއަރީ 2026
- ޅ.އަތޮޅު ކައުންސިލްގެ އިދާރާއިން އެވޯޑްކޮށްފައިވާ ޕްރޮކިޔުމަންޓްތަކުގެ މަޢުލޫމާތު ޢާއްމުކުރުން ޑިސެންބަރު 2025
