މިދަންނަވާ ކަންތައް 24 އޯގަސްޓް 2016 ވީ ބުދަ ދުވަހު ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 32/2016 ވަނަ ޢާއްމުޖަލްސާ (ދެވަނަ ދައުރުގެ 124 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ނައިފަރު ޖުވެނައިލްގެ ސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިޢާޔަށްކޮށް އަތޮޅުކައުންސިލްގެ ބިލްގައިވާ 19,000/- (ނަވާރަހާސް) ރުފިޔާގެ ތެރެއިން 2,000/- (ދެހާސް) ރުފިޔާ އެޖަމްޢިއްޔާއަށް ކައުންސިލުންދިން އެހީއެއްގެ ގޮތުގައިހަދާ، 17,000/- (ސަތާރަހާސް) ރުފިޔާ އަތޮޅުކައުންސިލްގެ އިދާރާއަށް ދެއްކުމަށް އެޖަމްޢިއްޔާއަށް ދެންނެވުމަށް ނިންމުން.

31 ވަނަ ޤައުމީ ޤުރުއާންކިޔެވުމުގެ މުބާރާތުގައި ފާދިއްޕޮޅު ތަމްޘީލުކުރުމަށް އޮޑިޝަނުން ހޮވިފައިވާ ބައިވެރިންގެ ތެރެއިން، ކޮންމެ ބައިވެރިއަކަށް ކައުންސިލުން ދޭ އެހީއެއްގެ ގޮތުގައި 2,000/- (ދެހާސް) ރުފިޔާ ދިނުމަށް ނިންމުން.