މިދަންނަވާ ކަންތައް 21 ސެޕްޓެމްބަރ 2016 ވީ ބުދަ ދުވަހު ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 35/2016 ވަނަ ޢާއްމުޖަލްސާ (ދެވަނަ ދައުރުގެ 127 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

ޅ.އަތޮޅު ރަށްތަކަށް އަމާޒުކުރައްވައިގެން މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަނުން، ލައިބްރަރީ މުވައްޒަފުންނާއި ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ބޭއްވި ވޯކްޝޮޕްގެ ބައިވެރިންނަށް ޕޮކެޓް މަނީއެއް ލިބޭނެގޮތް ހަމަޖައްސާދިނުމަށްއެދި މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަންގެ ފަރާތުން ކައުންސިލާއެކު މަޝްވަރާކުރެވިފައިވާތީ، މި އަތޮޅުގައިތިބި ލައިބްރަރީ މުވައްޒަފުންނާއި ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ބޭއްވި ވޯކްޝޮޕްގެ ބައިވެރިންނަށް ޕޮކެޓްމަނީއެއް ހަމަޖެއްސުމަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުން ދޭއެހީއެއްގެ ގޮތުގައި -/5000 ( ފަސްހާސް ރުފިޔާ ) ދިނުމަށް ނިންމުން.