މިދަންނަވާ ކަންތައް 04 ޖެނުއަރީ 2017 ވީ ބުދަ ދުވަހު ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 01/2017 ވަނަ ޢާއްމުޖަލްސާ (ދެވަނަ ދައުރުގެ 142 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  • ޅ. އަތޮޅު ރައްޔިތުންގެ ފަންޑުގެ މަސައްކަތްކުރުމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓަށް ނަގާފައިވާ ފަންޑު އޮފިސަރގެ މަޤާމުގެ މުސާރައާއި، ޢިނާޔަތްތައް ފާސްކުރުން.
  • އަތޮޅު ކައުންސިލްގެ 39/2011 (30-11-2011) ވަނަ ޢާއްމު ޖަލްސާއަށް ހުށަހަޅައި، 01 ޖެނުއަރީ 2012 އިން ފެށިގެން މިއިދާއިން ޢަމަލުކުރުމަށް ފާސްކުރައްވާފައިވާ “އެއްގަމާއި ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހެއްދުމުގެ އުޞޫލުތައް” ބާޠިލުކުރެއްވުމަށްފަހު، މިއިދާރާގައި ޢަމަލުކުރުމަށް ޕޮލިސީ ޕްލޭނިންގ ރިސާރޗް އެންޑް މޮނިޓަރިންގ ޔުނިޓުން ހުށަހަޅުއްވާފައިވާ “އެއްގަމު އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމުގެ އުޞޫލު” ފާސްކުރުން.
  • އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޓެސްޓްދޭނެ އެގްޒަމިނަރުންގެ ގޮތުގައި 2 އެގްޒަމިނަރުން، ޤަވާޢިދާ އެއްގޮތަށް އިޢުލާނުކުރައްވައިގެން މިއިދާރާއަށް ހޯދުމުގެ ހުއްދަ ޕޮލިސީ ޕްލޭނިންގ ރިސަރޗް އެންޑް މޮނިޓަރިންގ ޔުނިޓަށް ދިނުމަށް ނިންމުން.