މިދަންނަވާ ކަންތައް 01 ފެބްރުއަރީ 2017 ގައި ބޭއްވި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 06/2017 ވަނަ ޢާއްމު ޖަލްސާ (ދެވަނަ ދައުރުގެ 147 ވަނަ ޖަލްސާ) އިން ވަނީ ނިންމާފައެވެ.

  • 2017 ވަނަ އަހަރު ދޫކުރުމަށް ހަމަޖެހިފައިވާ “ފާދިއްޕޮޅު ވިނަވި ސްކީމް” އިން މަތީ ތަޢުލީމް ޙާޞިލުކުރުމަށް އަނބުރާ ދައްކާގޮތަށް މާލީ އެހީހޯދުމަށް އެދި ފޯމްހުށަހެޅި ފަރާތްތަކުގެ ތެރެއިން، ޝަރުޠުހަމަވާ 19 ފަރާތަށް އަނބުރާ ދައްކާގޮތަށް މާލީ އެހީ ދޫކުރުމަށާއި، އަދި “ފާދިއްޕޮޅު ވިނަވި ސްކީމް” އިން އަނބުރާ ދައްކާގޮތަށް މާލީ އެހީހޯދުމަށް ހުށަހެޅުމުގެ ފުރުޞަތު 11 ފަރާތަކަށް އޮތްކަމަށާއި، 2017 މާރޗް މަހުގައި މިކަން އިޢުލާންކުރުމަށް ނިންމުން.
  • ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިހުރި “ފާދިއްޕޮޅު އަތޮޅުރަށްވެހިގެ-1” ގެ ޢިމާރާތް، މިހާރު އެޢިމާރާތް ހުރި ފެންވަރުގައި 5 (ފަހެއް) އަހަރަށް ބީލަމުގެ އުޞޫލުން ކުއްޔަށް ދިނުމަށް ޢާއްމުކޮށް އިޢުލާނުކުރުމަށާއި، ބީލަން ފެށޭއަގަކީ 8,000/- (އަށްހާސް) ރުފިޔާކަމަށް ނިންމުން.
  • ޅ. އެޓޯލް އިންޓަރސްކޫލް ވޮލީބޯލް ޗެންޕިއަންޝިފް 2017 ގެ ނަމުގައި، އަތޮޅުގެ ސްކޫލްތަކަށް ހުޅުވާލައިގެން ވޮލީމުބާރާތެއް 2017 މާރޗް 17 އިން 25 އަށް ބޭއްވުމަށާއި، މިއަހަރު މިމުބާރާތް ބާއްވަން ކަނޑައަޅާފައިވާ ރަށަކީ ޅ. ނައިފަރު ކަމަށާއި، މިމުބާރާތުގެ އިވެންޓް ޕާރޓްނަރއެއް ހޯދުމަށް އިޢުލާނުކުރުމާއި، މުބާރާތުގެ ބަޖެޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބަޖެޓުން ޚަރަދުކުރުމުގެ ހުއްދަ ދިނުމަށާއި، މުބާރާތްކޮމިޓީއެއް އެކުލަވާލުމަށް ނިންމުން.